ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓަށް އެޕްރީލް 1ގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ލަސްކޮށްފިއެވެ. މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް ފްލެޓަށް އެދި ހުށަހެޅުމަށް މީގެ ކުރިން ހުޅުވާލުމަށް ނިންމާފައިވަނީ، މި ހިނގާ މާރިޗު މަހުގެ 24ގައެވެ.

އެހެންނަމަވެސް ގެދޮރުވެރި ކަމާބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ އެޕްރީލް މަހުގެ 1ވަނަ ދުވަހުގެ ހެނދުނު 11:00އަށް ލަސްކޮށްފައިވާ ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ލަސްކޮށްފައިވާ ސަބަބު އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓު ކޮށްފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

މި ކެޓަގަރީއަށް 100 ފްލެޓް ވަނީ ޚާއްޞަކޮށްފައެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި