އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ޑްރައިވަރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ހިތަދޫގެ ހިއްކި ސަރަހައްދުގައި ދުއްވި ކާރެއް ފުރޮޅާލުމާ ގުޅިގެން ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސްވެ ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
އިއްޔެ ހިނގި އެކްސިޑެންޓުގައި ޑްރައިވަރުގެ އިތުރުން، ކާރުގައި ތިބި ތިން މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެ އެންމެންނަށް ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު