ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން އާންމުކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށްދާއިރު ބާސެލޯ ނަސަންދުރައިން ފެށިގެން ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭ ކަންމައްޗާ ހަމައަށް އާންމު ޓްރެފިކަށް ބަންދުވާނެއެވެ. އަދި ރެއިން ފެށިގެން އެ ސަރަހައްދު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދުގެ ފަޅުތެރެ ވެސް މަރުހަލާތަކަކަށް ބަހާލައިގެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މިއަދުން ފެށިގެން މަސައްކަތް ނިމެންދެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮންނަ ފަޅު ބަންދުކުރާނެއެވެ. އަދި މި މަހުގެ 30 އިން ފެށިގެން މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް ބަންދުކުރާއިރު، އަންނަ މަހުގެ 17 އިން ފެށިގެން 5 ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު ވެސް މަސައްކަތް އެއްކޮށް ނިމެންދެން ބަންދުކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މި ބޮޑު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ. ޖުމްލަ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް ދީފައިވަނީ 455 ދުވަހުގެ (ގާތްގަނޑަކަށް އެއް އަހަރާއި ތިން މަސްދުވަހުގެ) މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

Oo

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ: އެމްޓީސީސީ

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި