ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ފެށުމަކީ ބީއެމްއެލްއަށް ލިބުނު ބޮޑު ކާމިޔާބީއެއް: ޝަރީފް

ކުރު މުއްދަތެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

“ބީއެމްއެލް އެފޯޑަބަލް ހައުސިން” ގެ ނަމުގައި ކުރިއަށްގެންދާ 1،224 ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ފައިދާއެއް ހޯދުމުގެ ބޭނުމުގައި ބޭންކުން ފެށި ކަމެއް ނޫނެވެ. މިއީ ހަރުދަނާ ލީޑަޝިޕަކާއި ވަރުގަދަ ސިޔާސަތުތަކެއްގެ ދަށުން، ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު އިޖުތިމާޢީ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގައި ބޭންކުގެ ދައުރު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިއީ ބޭންކް މެދުވެރިކޮށް “ލީސް ޓު އޯން” މޮޑެލްއަށް ހިންގާ ފުރަތަމަ މަޝްރޫޢުކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މީގެ ސަބަބުން އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ލުއި ގޮތަކަށް މަހުން މަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ “ހިޔާވެހި” ސްކީމްގެ ދަށުން ދައްކަންޖެހޭ އިކުއިޓީ %20 އިން %5 އަށް މިހާރު ކުޑަކޮށްފައިވާކަމާއި، ވަކިވަކި ފަރުދުންނަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލުއި ލޯނު ލިބޭނެ މަގު ތަނަވަސްވެފައިވާއިރު، މިހާތަނަށް އެ ސްކީމުން 2.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ މި ބޮޑު ތަޞައްވުރުގެ ދަށުން، އެ ބޭންކުގެ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް ޖުމްލަ 3،260 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Saeed

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

Mussss

ހިތަދޫގައި ކާރެއް ފުރޮޅާލައި، ހަތަރު މީހަކަށް އަނިޔާވެއްޖެ