ފްލައިޓެއްގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ދިވެހި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދޫކޮށްލައިފިއެވެ.
ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤުވާމީ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
ފުލުހުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ ރާއްޖެއަށް ދަތުރުކުރި “ބަޓިކް އެއާ” ގެ ފްލައިޓެއްގެ ތެރޭގައި ކަމަށެވެ.
ހައްޔަރުކުރި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއާއި އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު