ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ: އެމްޓީސީސީ

Oo

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަންނަ ޖޫންމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 73 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްއެބަދެއެވެ.

ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ މަސައްކަތާއި، ބިން ހިއްކުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން  ބުންޏެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ވެލި އެޅުމުގެ މަސައްކަތުގެ 64 އިންސައްތަ ވަނީ ނިމިފައެވެ.

ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ށ. އަތޮޅުގެ ވެރިކަންކުރާ ރަށް ފުނަދޫގެ އާބާދީއަކީ 2800އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި