ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

Election commission

އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުންނަ ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ މަސައްކަތް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުން – 1 ގަ އެވެ.

އެ ހާދިސާ ހިނގުމާއެކު އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ސެޓަޕެއް ރޭ ވަނީ ސޯޝަލް ސެންޓަރަށް ގެންގޮސްފަ އެވެ. އަދި މިހާރުވަނީ މެދުކަނޑާލާފައިވާ ވޯޓު ދިނުމުގެ ހައްފު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އަލުން ފަށާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 4ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

Election

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި

Election

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް