ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާނުގެ ސައުތު ޕާރސް ގޭސްދަނޑަށް ޒަޔަނިސްޓު އިސްރާއީލުން ދިން އުދުވާނީ ހަމަލާ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި އީރާނުގެ ރައީސް ވިދާޅުވީ، އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް އުދުވާނީ ހަމަލާތައް ދީގެން އެމެރިކާއަށާއި، ޒަޔަނިސްޓުންނާއި އަދި އެމީހުންގެ ބައިވެރިންނަށް ހާސިލްވާނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް ދުޝްމަނުން ހަމަލާ ދޭނަމަ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯށްވެގެން ދާނޭ ކަމަށް އީރާނުގެ ރައީސް އިންޒާރު ކުރައްވާފައި ވެއެވެ.

ދުޝްމަނުން އީރާނުގެ ހަކަރައިގެ ސިނާއަތަށް ހަމަލާ ދޭނަމަ ކޮންޓްރޯލް ނުކުރެވޭ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށާއި، އޭގެ އަސަރު މުޅި ދުނިޔެއަށް ކުރާނޭ ކަމަށްވެސް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ސައުތު ޕާރސް ގޭސްދަނޑަށް ޒަޔަނިސްޓުން ހަމަލާ ދިނުމާއެކު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ތެލާއި ގޭހުގެ ކާރުޚާނާތަކަށް ރައްދު ހަމަލާ ދޭނޭ ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ވަރުގަދަ އިންޒާރުތަކެއް ނެރުނެވެ.

އެއާއެކު، ދެން ފެނިގެންދިޔައީ، ގަތަރުގެ ރަސް ލަފާން އިންޑަސްޓްރިއަލް ސިޓީގައި ހުރި ގޭސް ކާރުޚާނާއަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފެށިތަނެވެ. އެ ކާރުޚާނާއަށް އީރާނުން 5 ބެލިސްޓިކް މިސައިލް ފޮނުވާލިއިރު، އޭގެ ތެރެއިން 4 މިސައިލް ގަތަރު ސިފައިން ވައްޓާލި ކަމަށް ވެއެވެ. އެއް މިސައިލްވަނީ އަމާޒަށް އަރާފައެވެ. އެއާއެކު އަލިފާންރޯވިއެވެ.

އީރާނުންވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ތެޔޮ ރިފައިނަރީއަކަށާއި، ސައުދީ އީސްޓަން ޕްރޮވިންސްގައި ހުންނަ ތެލާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށްވެސް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މީގެއިތުރުން، ޔޫއޭއީގެ ތަންތަނަށް އަމާޒުކޮށްވެސް އީރާނުން ޑްރޯންއާއި، ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލި ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި