ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

Oo

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން އެ ހާދިސާގެ ފޮޓޯތަކުން އެނގެއެވެ.

އަލިފާން ރޯވި ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެހެންވެ، އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

66

އައްޑޫ ސިޓީގެ ފޭދޫ ކައިރީގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެ