ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

Q

މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެ ރަށުގައި ތަރައްގީކުރާ 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.  މި ހައުސިން މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ސަރުކާރުގެ ބަޖެޓުންނާއި ޕީއެސްޕީއައިޕީން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 117 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 420 ދުވަހުގެ މުއްދަތެކެވެ.މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. ކޮންމެ ޔުނިޓެއްގައި ހިމެނެނީ:

  • ތިން ކޮޓަރި އާއި ތިން ފާހާނާ
  • ސިޓިން ރޫމް އަދި ބަދިގެ
  • ސްޓޯރ ރޫމް އަދި ލޯންޑްރީ
  • ކާގެ

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ ވަށާފާރު ރޭނުމާއި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

އަދި ރައްޔިތުންނަށް ބޭނުންވާނެ ޕާކަކާއި، ވެހިކަލް ޕާކު ކުރާނެ ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި