ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް ކަމަށާއި ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފްތާފައި ލިބޭނެ ކަމަށް އެސްޓީއޯ,ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ވިދާޅުވެއްޖެއެވެ. އެސްޓީއޯއިން ވިދާޅުވީ މިވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށެވެ. އަދި މިވަގުތަށް ހުރި ސްޓޮކުން ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް ވިދާޅުވެފައެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުން ގޭސް ވިއްކަމުން ދަނީ ލިމިޓްކޮށްގެން ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން މިވަގުތު ގޭސް ވިއްކަމުން ދަނީ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 5 ކިލޯގެ ގޭސްފުޅިކަމަށްވާއިރު މި ފިޔަވަޅަކީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް ކަމަށާއި އައު ޝިޕްމެންޓް ލިބުމާއެކު، ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަމުން ދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ