އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް އައްޑޫ ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ.
“އައްޑޫ ސިޓީގައި އަޅުގަނޑުމެން ބޭނުން ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އަޅަން. ބިން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން. އެއިރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާއި އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންގތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ.” ނަޖާހު ވިދާޅުވިއެވެ.
އެތަން އިމާރާތްކުރުމަށްފަހު ބޭރުގެ ކުންފުންޏަކާ ގުޅިގެން ޓްރެއިނިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނެއް ދެވުމުން ޖަނެރޭޓަރުތައް ހަލާކުވާ މިންވަރު ވެސް މަދުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު