މި އަހަރުގެ މިހާތަނަށް ނުވަ ކްރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ ކްރޫޒްލައިނާތަކުން 15،000އާ ގާތްކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ރާއްޖެއަށް ދެ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައިވާކަމަށެވެ. އެ ދެ ބޯޓުގެ އިމްގްރޭޝަން ކްލިއަރެންސްގެ ކަންކަން ވަނީ ކުރިއަށްގެންގޮސްފައެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ ނުވަ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައި ވާއިރު، އެ ކްރޫޒްލައިނާތަކުގައި ޖުމްލަ 14،960 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ ޒިޔާރަތްކުރި ކްރޫޒްލައިނާތަކުގެ ތަފުސީލް:
ޖަނަވަރީ 12ގައި – 970 ފަތުރުވެރިން
ޖަނަވަރީ 23ގައި – 1037 ފަތުރުވެރި
ންފެބުރުވަރީ 07ގައި – 165 ފަތުރުވެރިން
ފެބުރުވަރީ 14ގައި – 3904 ފަތުރުވެރިން
ފެބުރުވަރީ 16ގައި – 2553 ފަތުރުވެރިން
ފެބުރުވަރީ 19ގައި – 1037 ފަތުރުވެރިން
މާޗު 04ގައި – 2736 ފަތުރުވެރިން
މާޗު 12ގައި – 1210 ފަތުރުވެރިން
މާޗު 13ގައި – 1348 ފަތުރުވެރިން
ރާއްޖެއަށް އަންނަ ކްރޫޒްލައިނާގެ އަދަދު އިތުރު ކުރުމަށް، ސަރުކާރުން އަންނަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު