ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި 5 ބިދޭސީން ނިޔާވި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

HRCM

އދ. ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހަކު ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިހާރު ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އެ ކޮމިޝަނުން ވަނީ ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، މި ހާދިސާގެ ތެރެއިން އެއްވެސް ފަރާތެއްގެ އިންސާނީ ޙައްޤަކަށް އުނިކަމެއް ނުވަތަ ހަނިކުރުމެއް އައިސްފައިވޭތޯ ވަރަށް ގާތުން ބަލަމުންދާކަން ހާމަކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މީގެ އިތުރުން، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނައިރު އެ މީހުންގެ ހާލުވެސް ވަރަށް ސީރިއަސްއެވެ.

ރޭ ދަންވަރު 2:00 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުންނާއި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ޚާއްޞަ ތަޙުޤީގު ޓީމެއް މާލެއިން ގޮސް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި