ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބ.ކުޑަރިކިލު، ހުޅެވި، ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ.
ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް”އަށް އަޕްލޯޑްކޮށް، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރުކުރީ ފެބްރުއަރީ 13 ގައެވެ.
އޭގެ ފަހުން އެއް ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިދިޔަ މަހު 26 ވަނަ ދުވަހު އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު