މާލޭގެ މާފަންނުގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:01 އެހައިކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ދަކަންދާމަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ.
މިހާތަނަށް ބެލިބެލުމުން، އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިފަދަ ހާދިސާތަކުގައި އާންމުކޮށް ފުލުހުން އަމަލުކުރާ އުސޫލުގެ މަތިން، މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު