ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު، ސަރުކާރުން ނިންމީ ނުދޭން: ޚަލީލް

DSC

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެ ހުއްދަ ދީފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޚަލީލް ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވައިލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަމަށާއި އަދި އެފަދަ އަންނަ ރިކުއެސްޓްތައް ވެސް ރިޖެކްޓް ކުރަމުންދާ ކަމަށެވެ.

މިވަގުތު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސަލާމަތާއި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ތެޔޮ އެތެރެކުރުމުގައި ވަކި ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ތަފާތު ގައުމުތަކުން ތެޔޮ ގެނެވޭނެ މަގުތައް ތަނަވަސްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާ އެކު ކާބޯތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމަށް ދުނިޔޭގެ އެކި މާކެޓުތައް ބަލައި، ގައުމީ ފެންވަރުގައި ކާބޯތަކެތި ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލްސަން އަބޫބަކުރު
ކިހާވަރަކުން ދާނެބާ

ގުޅުންހުރި

990

އަބޫދާބީ ސަސްޓެއިނަބަލިޓީ ވީކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ޔޫއޭއީއަށް ވަޑައިގެންފި

Mm

އިންސާފާއި ހަމަޖެހުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް: މިނިސްޓަރު ޚަލީލް

dr khaleel

ހާރިޖީ ވަޒީރު ޑރ. ޚަލީލް ގަތަރަަށް ފުރާވަޑައިގަންނަވައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް