ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

Shareef mbl

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ރާއްޖޭގެ އިގުތިސޯދު އޮތީ ގުޅިލާމެހިފައި ކަމަށާއި، އެހެންކަމުން ބީއެމްއެލުން ހޯދި ރަނގަޅު ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަންކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް “ސްޕައިޕް” އައްޑޫ ސިޓީއަށް ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލުން ހޯދި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ބޭންކަކީ ބީއެމްއެލް ކަމަށާއި، އެހެންކަމުން ބީއެމްއެލްގެ އެންމެ މަތީ މަސްލަހަތަކީ، އެ ބޭންކު އުފެއްދި މަގްސަދު ހާސިލް ކުރުމާއި، ބޭންކުގެ ހިއްސާދާރުންނާއި ދިވެހި ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުންކަމަށް ޝަރީފު ވިދާޅުވިއެވެ.

“މިއީ އޮޅުވާލުމެއް ނޫން. މިއީ ހަމަހަމަ އުސޫލެއް ގާއިމުކުރުން. މިގޮތުން އީކޮމާސް އަށް ވެސް އަމިއްލަ ބޭނުންތަކަށް އެކަށީގެންވާ އަދި ދެވެން އޮތް އެންމެ ރަގަޅު ލިމިޓެއް ހަމަހަމަ އުސޫލަކުން ކަނޑައެޅިފައިވާއިރު އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބަލްކްކޮށް މުދާ އޮންލައިންކޮށް ގަނެވޭވަރަށް ލިމިޓް ނެތުމަކީ އެކަށީގެންވާ ކަމެއް،” ޝަރީފު

ޝަރީފު ވިދާޅުވީ ބީއެމްއެލްގެ ކޮންމެ ނިންމުމަކީވެސް އެކަންކަމަށް ރިއާޔަތްކޮށްގެން ނިންމާ ނިންމުންތަކެއް ކަމަށެވެ.

ބީއެމްއެލުން ހޯދި ބައެއް ކާމިޔާބީތައް:

  • ބީއެމްއެލްގެ އޭޓީއެމް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބެހެއްޓުން
  • މަސްވެރިންގެ އާމްދަނީއަށް ބިނާކޮށް ލޯނު ދޫކުރަން ފެށުން
  • އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން އުސޫލުގެ ދަށުން، ރެންޓް ޓު އޯން މޮޑެލްގެ ދަށުން އާއިލާތަކަށް، އެފޯޑަބަލް ހޯމް ހޯދައިދިނުމަށް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދުން. 3،200 އަށް ވުރެ ގިނަ ފްލެޓްގެ މަސައްކަތް ފަށާފައިވުން
  • ބޯހިޔާވަހިކަމުގެ ދާއިރާ އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގަން ފެށި ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދޫކުރުމާއި ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ދޫކުރާ ލޯނުގެ އިކިއުޓީ 20 ފަސެންޓަށް ދަށްކުރުން. ގެދޮރު އިމާރާތް ކުރުމަށް ނުވަތަ މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފެށުން
  • ބީއެމްއެލްގެ ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުން ކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އެރުން. އެއީ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް. ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހަށް ބަލާއިރު ވެސް ކަސްޓަމަރުން ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވުން
  • މިދިޔަ އަހަރުގެ ނޮވެންބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް، ބޭސްފަރުވާ އާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެ އިން ބޭރުގެ މުއާމާލާތްތައް ކުރުމަށް ކޮންމެ ކަސްޓަމަރަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ލިމިޓް ދިނުން. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ދިނުން.

އެއް ކާޑަށް ވުރެ ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ މަދު ކަސްޓަމަރަކަށް، ކުރިން ވެސް އެހެން ކަސްޓަމަރުންނަށް ވުރެ ލިމިޓްގެ ފައިދާ މާބޮޑަށް ލިބެމުން ދިޔުމާ ގުޅިގެން، ލިމިޓް މަތިކުރި އަދަދަށް ވުރެ އިތުރު ނުވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

މިޓް ކުޑަވުމަކީ އާންމުންގެ އެންމެ ބޮޑު ޝަކުވާކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލްއިން އާންމުންނަށް ދޫކޮށްފައިވާ ޑެބިޓްކާޑުގެ ލިމިޓަކީ 250 ޑޮލަރު ކަމަށާއި ޓީޓީ އަށް ދޫކުރެވެނީ އެންމެ ފަސް ޕަސެންޓު ކަމަށެވެ.

“އެއީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ޑޮލަރު ޕޮޒިޝަން ވަރަށް ބޮޑަށް ދަށްވުމާއެކު ނިންމާފައިވާ ނިންމުންތަކެއް،” ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް އެއީ ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި، ޓީޓީތަކާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު، ދެމިއޮވެވޭނެ ހާލަތެއް ނޫންކަމަށް ޝަރީފު ވިދާޅުވިއެވެ.

އެހެންވެ ބީއެމްއެލްގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލުތައް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށާއި، އެކަމަށް ސަރުކާރުންނާއި، ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑު އެހީވިކަމަށް ޝަރީފު ވިދާޅުވިއެވެ.

“އެއާ އެކު ބޭންކުގެ ޑޮލަރު ޕޮޒިޝަން ރަނގަޅުވި. އެ ހިސާބުން ބޭންކުގެ ހާލަތު އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކޮށްދެވޭ ހާލަތަކަށް ބަދަލުވި،” ޝަރީފް

“އެހެންކަމުން އާއްމު ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދުތައް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖު ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަނގަޅު ކުރުމަށް ސަރުކާރުން އެހީތެރިވެ ދެއްވުމަށް ފަހު ކަން އަޅުގަނޑު ފާހަގަކުރަން. މި ފުރުސަތުގައި އެ މަނިކުފާނަށް ވަރަށް ހާއްސަކޮށް ޝުކުރު ދަންނަވަން.”

ޝަރީފު ވިދާޅުވީ ކުންފުންޏެއް ހިނގަމުންދާ ގޮތް ބަލާލަން އޮންނަ ގޮތަކީ އެ ކުންފުންޏަކުން ހޯދާ މާލީ ނަތީޖާތަކާއި ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ.

ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި