ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

Mussss

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރ) އިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އައިސީސީއާރުން ހިންގުމަށް ހަމަޖެހިފައިވާ “އެއިޑް-ޓު-މޯލްޑިވްސް ސްކީމް” ގެ ދަށުން ދިވެހިރާއްޖެއަށް 20 އަންޑާގުރެޖުއޭޓް ފުރުސަތު ދެއްވާފައިވާކަމަށް އެފަރާތުން އަންގަވާފައިވާ ކަމަށާއި، މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

އެ ވުޒާރާއިން ވަނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓާއި ކުރި ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފައެވެ.

އެހެންކަމުން، މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ ކުރިން މި ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް އެދިފައެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށްވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ