ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިދިކޮޅުން މަސައްކަތްކުރަނީ ތަރައްޤީއަށް ދޭ އެހީތައް ހުއްޓުވާލުމަށް: ޚަލީލް

TTH_Ads
STO_Ads
Advertisement

ރާއްޖެއަށް ފަތުރުވެރިން ނުފޮނުވުމަށާއި، ތަރައްޤީއަށް ދޭ އެހީތައް ހުއްޓާލުމަށް ބޭރުގެ ޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން އެދެމުންދާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެއްވެސް ބޭފުޅަކު ޤައުމު ބަދުނާމުކޮށް ވާހަކަ ނުދައްކާނެ ކަމަށާއި، މި ސަރުކާރުގައި ތިބީ ޤައުމީ ވިސްނުމުގެ ބޭފުޅުން ކަމަށެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އިދިކޮޅު ފަރާތްތަކުން ރާއްޖެއާ މެދު ދައްކާފައިވާ ނުރަނގަޅު ވާހަކަތަކުގެ އަޑު އިވިވަޑައިގަންނަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ފަތުރުވެރިން ނުފޮނުވުމަށް ބައެއް ފަރާތްތަކުން ގޮވާލުމަކީ ދިވެހި އާއިލާތަކަށް ލިބޭ އާމްދަނީއަށް ހުރަސްއެޅުމަށް ކުރާ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އޭގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތަކަށް ފަންޑު ނުކުރުމަށްވެސް ބޭރުގެ ފަރާތްތަކަށް އިދިކޮޅުން ގޮވާލާފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުން ބޭރުގެ ފަރާތްތަކާ ބައްދަލުކޮށް ހަގީގަތް ސާފުކޮށްދިނުމުން އެފަދަ ނުރަނގަޅު ވާހަކަތައް ނަފީވެ، ކަންކަން ހައްލުވެގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާކަން ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ގެއްލުންވާ ގޮތަށް ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކުރުން ހުއްޓާލުމަށްފަހު، ޤައުމުގެ ކުރިއެރުމަށް ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr abdulla khaleel

ނަފްރަތާއި ފަސާދަ އުފައްދާއިރު އެކަން ބެލެންވާނެ: ޚަލީލް

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ ވާދަކުރަނީ

ވަރލްޑް ގަވަރމަންޓްސް ސަމިޓަށް ޚާރިޖީ ވަޒީރު ދުބާއީއަށް

މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ އުސޫލުތަކާ ޚިލާފުނުވުން މުހިންމު: ޑރ. ޢަބްދުﷲ ޚަލީލް