ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

އީރާނުން އިއްޔެރޭ ތެލް އަވީވަށް ދިން ވަރުގަދަ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކެއް:

އީރާނާއި، ލުބުނާނުގެ ހިޒްބުﷲއިން އިސްތިއުމާރީ އިސްރާއީލުގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ތެލް އަވީވް މުޅިން ސުންނާފަތި ކުރަމުންދާ ކަމަށާއި، އިސްރާއީލުގެ އާންމުންނަށް ތެލް އަވީވްގައި އުޅުން މިހާރު ދަތިވެއްޖެ ކަމަށް ބައިނަލްއަގްވާމީ ޚަބަރު ވިއުގަތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

އީރާނުން ދެމުންގެންދާ ހަމަލާތަކަށް ބިރުން ޚާއްސަކޮށް މުޅި ތެލް އަވީވްގައި ހުރިހާ ވިޔަފާރިތައްވެސް ބަންދުކޮށްފައި ވާއިރު، މަގެއްމަތިންވެސް މީހަކު ނުފެންނަ ކަމަށް ވެއެވެ. ތެލް އަވީވްގެ އެންމެން ތިބީ ބިންގަރާސްތަކުން ހިމާޔަތް ހޯދައިގެންނެވެ.

އީރާނާއި އަދި ހިޒްބުﷲގެ މިސައިލް ހަމަލާތަކުގެ ސަބަބުން ތެލް އަވީވް މިހާރު އޮތީ މުޅީންހެން ސުންނާފަތި ކޮށްލާފައެވެ. އީރާނުން ގެންދަނީ ތެލް އަވީވަށްދޭ ރައްދު ހަމަލާތައް ރެއަކަށްފަހު ރެއެއް ވަރުގަދަ ކުރަމުންނެވެ.

އެގޮތުން، އިސްތިއުމާރީ ބާރުގެ ވެރިންނާއި، އަސްކަރިއްޔާގެ ވެރިންނަށާއި، އިސްތިއުމާރީ ސަރުކާރުގެ ހުރިހާ ތަންތަނަށް އީރާނުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލުގެ ވެރިން ފިލާތިބި ބިންގަރާސްތައް ދެނެގަނެ، އެ ތަންތަން ގޮއްވާލުމުގެ މަސައްކަތްވެސް އީރާނުން މިހާރުވަނީ ފަށާފައެވެ.

އީރާނުން އަންގާރަ ދުވަހުގެރޭ (ރޭގައިވެސް) އިސްރާއީލުގެ ތެލް އަވީވަށާއި، ހައިފާއަށާއި އަދި ހިފާފައިވާ ގުދުސްއަށްވެސް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގައި ދެވުނީ، އިސްރާއީލަށާއި، އެމެރިކާގެ ތަންތަނަށް ދެވުނު ރައްދު ހަމަލާތަކުގެ 37 ވަނަ ބާނި ކަމަށެވެ.

އީރާނުން ރޭގައި ދިން ހަމަލާތައް 3 ގަޑިއިރަށް ދެމިގެންދިޔަ ކަމަށާއި، ހަމަލާ ދިނުމުގައި އީރާނު ސިފައިން “ސުޕަރހެވީ ޚުރަމްޝަހްރް” މިސައިލް ބޭނުންކޮށްފައި ވާނޭ ކަމަށް، އައިއާރްޖީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލަށް ދިން ހަމަލާތަކުގެ ތަފްސީލް ދެމުން ބުނެފައިވަނީ، ތެލް އަވީވްގައި ހުރި ހައެލާ ސެޓެލައިޓް ކޮމިއުނިކޭޝަން ސެންޓަރަށް ރޭގައި ދެވަނަ ފަހަރަށް ހަމަލާދީފައި ވާނޭ ކަމަށާއި، އޭގެ އިތުރުން ބީރް ޔައުގޫބާއި، ހުޅަނގު ގުދުސްއާއި އަދި ހައިފާގައި ހުރި އަސްކަރީ ސައިޓްތަކަށްވެސް ހަމަލާ ދެވުނު ކަމަށެވެ.

މީގެއިތުރުން، ރޭގެ ރައްދު ހަމަލާތަކުގައި އިރާގުގެ އިރްބީލްގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށާއި، ބަހްރެއިންގެ މަނާމާގައި ގާއިމްކޮށްފައިވާ އެމެރިކާގެ ފިފްތު ނާވަލް ފްލީޓްގެ ހެޑްކުއާޓަރަށްވެސް ރޭގައި މިސައިލް ހަމަލާތައް ދިން ކަމަށް، އައިއާރްޖީސީން ބުނެފައި ވެއެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުން ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލްވަންދެން ރައްދު ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށާއި، އަދި ރައްދު ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންވެސް ގެންދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު