ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

WhatsApp Image 2026 03 10 at 21.40.54 (1)

މިރޭ މީހުން ނަމާދުގައި ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެއެވެ.

އެ މިސްކިތަށް ނަމާދަށް ދިޔަ ބައެއް މީހުން ބުނީ އެ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެންދިޔައީ އިޝާ ނަމާދު ނިމުނު ވަގުގައި ކަމަށެވެ.

ތަޅައިގެން ދިޔައީ އެ މިސްކިތުގެ ތިން ވަނަ ފަންގިފިލާގެ ބިއްލޫރިގަނޑެކެވެ. ބިއްލޫރިގަނޑު ތަޅައިގެންދިޔަ ސަބަބެއް ނޭނގެއެވެ.

މިސްކިތުގެ ތިންވަނަ ފަންގިފިލާގެ އެ ބިއްލޫރިގަނޑު ތަޅައިގެންދިޔައީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.

އެ މިސްކިތަކީ މާލޭގެ މޭޔަރު އާދަމް އާޒިމާއި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ބައްޕަ ދުނިޔޭގައި ހުންނެވިއިރު، އެ ދެ ބޭފުޅުންގެ ކާފަގެ ހަނދާނުގައި އަޅަން ފެށި މިސްކިތެކެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވީ 2022 ވަނަ އަހަރުއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ މިސްކިތުގައި 1200 މީހުންގެ ޖާގަ ހުރެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Hulhumale Market

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޤާއިމްކުރި މާރުކޭޓާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް

ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓު ހުޅުވަން ތައްޔާރުވެއްޖެ