ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

mira

ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ ތެރެއިން 666 މިލިއަން ރުފިޔާ ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް އަނބުރާ ހޯދާފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ފާއިތުވި ފެބްރުއަރީ މަހު އެ އިިދާރާއަށް ލިބުނީ ޖުމްލަ 2.80 ބިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން 16.9 އިންސައްތައަކީ ދައުލަަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ހޯދުނު ފައިސާކަަން މީރާގެ ހިސާބުތަކުން އެނގެއެވެ.

މީރާއިން ބުނެފައިވާ ގޮތުން ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް އެ އިދާރާއިން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ހަނދާންކޮށްދިނުމާއި ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް ފައިސާ ދެއްކުމުގައި ލުއި ގޮތްތައް ހަމަޖައްސައިދެމުންދެއެވެ.

މީރާއިން ބުނި ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކައި ހުރި 666 މިލިއަން ރުފިޔާ ފެބްރުއަރީ މަހު ދައުލަތަށް ހޯދުނުއިރު އެ ފައިސާގެ ތެރެއިން 399 މިލިއަން ރުފިޔާ ހޯދީ ނޯޓިސް ފޮނުވައިގެންނެވެ. އަދި އިތުރު 156 މިލިއަން ރުފިޔާއެއް ޑިއު ކްލިއަރެންސްގެ ތެރެއިން ހޯދާފައިވެއެވެ.

އޭގެ އިތުރަށް އެ އިދާރާއިން ބުނެފައިވަނީ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންސްޓޯލްމެންޓުތަކަށް ބަހައިގެން ފައިސާ ދެއްކުމަށް އެކި ފަރާތްތަކާއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން 61 މިލިއަން ރުފިޔާ ފެބްރުއަރީ މަހު މީރަށްއަށް ލިބުނު ކަމަށެވެ.

އަދި ޓެކުސް ދައްކަަންޖެހޭ ފަރާތްތަކަށް ޓެކުސް ފައިސާ ދައްކަން ހަނދާންކޮށްދިނުމަށް ފޯނުން ގުޅައިގެން ކުރި މަސައްކަތްތަކުން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކަންޖެހި ނުދައްކާ ހުރި ފަރާތްތަކުގެ އެކައުންޓުތައް ހިފަހައްޓައިގެން ފަސް މިލިއަން ރުފިޔާވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance

މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރި: ފިނޭންސް