ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

customs

ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލުގެނެސް އެކަން އިއުލާނުކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ހެޑް އޮފީސް ހުޅުވި ނަމަވެސް، ގއ. ވިލިނގިލި ކަސްޓަމްސް، ލ. ގަމުގެ ކަސްޓަމްސް އޮފީސް އަދި ހއ. އުލިގަމުގެ ކަސްޓަމްސް އޮފީސް  ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށެވެ.

ކަސްޓަމްސް ސަޕޯޓް ސެންޓަރ ހާބާ މެނޭޖްމަންޓް، ސީކާގޯ ޑޮކިއުމެންޓޭޝަަން، ސީކާގޯ އެގްޒިމިނޭޝަން، ހުޅުމާލޭ ސީކާގޯ އެގްޒިމިނޭޝަން އަދި ކޭޝް ކައުންޓަރ  ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އާއި ހަމައަށް، ހުޅުވާފައި ހުންނާނެއެވެ.

ނަމަވެސް ބޮންޑެޑް ވެއަރހައުސް، ސައުތު ރީޖަނަލް ޑޮކިއުމެންޓޭޝަން، ސ ހިތަދޫ އެގްޒަމިނެޝަންގެ އިތުރުން ކުޅުދުއްފުށީ ކަސްޓަމްސް، ކުޅުދުއްފުށީ ސީކާގޯ އެގްޒެމިނޭޝަން އަދި  އެގްޒެމިނޭޝަން ހުޅުވާފައި ހުންނާނީ  ހެނދުނު 9:00 އިން މެންދުރު 1 ޖެހުމާއި ހަމައަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޕޯސްޓް އެންޑު އެކްސްޕްރެސް ކޮންޒައިމަންޓް ސެކްޝަން، އާދީއްތަ އިން ބުރާސްފައްޗަށް ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު ފަހު 14:00 އަށެވެ. އަދި ހޮނިހިރު ދުވުގެ ރޭގަނޑު 9:00 އިން 1 ޖެހުމާ ހަމައަށެވެ.

އެހެންނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، އަތޮޅުތެރޭގެ އެއާޕޯޓް ތަކުގެ ސެކްޝަންތައް ކުރިއެކޭ އެއްފަދައިން 24 ގަޑިއިރު ހުޅުވާ ހިދުމަތް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި

5.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިޔާ ދެމީހުން ވީއައިއޭއިން ހައްޔަރުކޮށްފި

ދޮޅު މަހުން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި