ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ: ޓްރަމްޕްގެ ޚާއްސަ މަންދޫބާ އެއްވެސް މުއާމަލާތެއް ކުރައްވަން ބޭނުންފުޅެއް ނުވި

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެތައް ގައުމަކުން އީރާނަށް ގުޅައިފި ކަމަށް، އީރާނުން ހާމަކޮށްފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވީ، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޤަރިބްއަބަދީއެވެ.

ހަނގުރާމަ ހުއްޓާލުމަށް ނުވަތަ ހުއްޓުމަކަށް ގެނައުމާ ގުޅޭގޮތުން އީރާނަށް ގުޅި ގައުމުތަކުގެ ތެރޭގައި، ޗައިނާ، ރަޝިޔާ އަދި ފްރާންސްވެސް ހިމެނެއެވެ.

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ފޯނުން ގުޅައި ވާހަކަތަކެއް ދެއްކިކަމުގެ ޚަބަރުތައް ރޭގައި ފެތުރިފައި ވެއެވެ. ރަޝިޔާއިންވެސް މިކަން ކަށަވަރު ކޮށްދީފައި ވެއެވެ.

ޓްރަމްޕާއި، ޕޫޓިން ދެއްކީ ސީދާ ކޮން ވާހަކަތަކެއްކަމަށް ހާމަ ނުކުރި ނަމަވެސް، އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ވާހަކަ އޭގެތެރޭގައި ހިމެނޭކަން ކަށަވަރު ވެފައި ވެއެވެ.

ބެލެވޭގޮތުގައި، ޓްރަމްޕް ޕޫޓިންއަށް ގުޅީ އީރާނު ހުއްޓުވަން އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތައް ދީގެން ހާސިލްކުރަން ބޭނުންވި ކަންކަން މިހާރު ހާސިލް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެމެރިކާއާއި އިސްރާއީލަށް ހަމަލާ ނުދެވޭ މުހިންމު ބައެއް ތަންތަން އެބަހުރި ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕް ބުނީ، ހަމަލާތައް ދިގުލައިގެންދާން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ހުއްޓާލާނޭ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭންފެށީ އީރާނުގެ ވެރިކަން ވައްޓާލުމަށެވެ. ޚާމަނާއީ އަވަހާރަ ކޮށްލިއިރު، އެއީ އީރާނުގެ ރައީސެއް ނޫނެވެ. އެއީ، އީރާނުގެ ރައްޔިތުން ނުހަނު ލޯބިވާ އީރާނުގެ ދީނީ އިލްމުވެރިއެކެވެ.

ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނު ރައްޔިތުންގާތަށް އައީ ރުޅިއެވެ.

އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ދެމުންގެންދިޔައީ އީރާނުގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ކަރަންޓާއި، އަސާސީ ޚިދުމަތްދޭ ތަންތަނަށެވެ. ރައްޔިތުން ގާތަށް އިހުނަށްވުރެ ގަދަ ރުޅިއެއް އައެވެ.

އެމެރިކާއާއި އިސްރާއީލު އުންމީދުކުރީ އީރާނަށް ހަމަލާތައް ދޭން ފެށުމުން ރައްޔިތުން ނުކުމެ ސަރުކާރު ވައްޓާލާނެ ކަމަށެވެ. އެކަމަކު، އެކަމެއް ނުވިއެވެ. އީރާނު ރައްޔިތުން އެކަމެއް ނުކުރިއެވެ.

އީރާނުން ރައްދު ހަމަލާދީ، މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ބޭސްތަކާއި، އެއަރ ބޭސްތަކާއި، ކަނޑުގެ ބޭސްތައްވެސް ވަނީ މުޅިން ހަލާކުކޮށްލާފައެވެ. އަދި އެމެރިކާއިން އީރާނު ކައިރިއަށް ޖަމާކުރި ކަނޑުގެ ލަޝްކަރުތަކަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

އީރާނު ވަނީ، މެދުއިރުމަތީގައި އެމެރިކާ ދެން ހިންދެމި ނުލެވޭވަރު ކޮށްލާފައެވެ.

އަނެއްކޮޅުން، ދުނިޔޭގައި ނެތްވަރުގެ ބާރެއް ކަމަށް ބުނެ ފޮނިކަނޑަމުންދިޔަ އިސްރާއީލު އީރާނުން އަދިވެސް ގެންދަނީ ސުންނާފަތި ކުރަމުންނެވެ. އީރާނުން ހިފާފައިހުރީ އިސްރާއީލު ވުޖޫދުންވެސް ފޮހެލުމަށެވެ.

އީރާނުން ބުނަމުން ގެންދަނީ، އީރާނަށް ހަމަލާ ދެމުންގެންދާ ދުޝްމަނުންނަށް ދެން ދުވަހަކުވެސް އެފަދަ ހަމަލާއެއް ނުދެވޭވަރު ކޮށްލާފަނޫނީ ދޫނުކުރާނޭ ކަމަށެވެ.

އެމެރިކާގެ ރައީސްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮޕް، ދެވަނަ ފަރާތެއް މެދުވެރިކޮށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ ގުޅުމަށް މަސައްކަތް ކުރި ކަމަށާއި، އެއީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އީރާނު ޝައުގުވެރިވޭތޯ ބެލުމަށް ކަމަށް ވެއެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރުވަނީ ވިޓްކޮފާ އެއްވެސް މުއާމަލާތެއް ކުރައްވަން ދެކޮޅު ހައްދަވާފައެވެ.

އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގެ ވަރުގަދަކަމާއި، އަދި ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުން، އީރާނަށް ހަމަލާ ދެވުނު މޮޔަހީވެ، ޓްރަމްޕާއި ނަތަންޔާހޫ އީރާނަށް އަމާންދޭން އުޅޭކަމުގެ ވާހަކަތަކެއްވެސް ފެތުރިގެން ގޮސްފައި ވެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، ޓްރަމްޕް ބޭނުންވަނީ އީރާނުގެ މައްޗަށް “ކުރި ހޯދިއްޖެކަމަށް ބުނެ” ހަނގުރާމަ ނިންމާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާ އެމެރިކާގެ ތަންތަނުގެ ލިސްޓް އިތުރުކޮށްފި