ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

އިންޖީނު ހުއްޓިގެން ރިޕޯޓްކުރި އީރާނު ކަނޑުގެ ސިފައިންގެ މަނަވަރަށް ސްރީލަންކާ ކަނޑުގެ ސިފައިން އެހީވަނީ:

ސްރީލަންކާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އީރާނު 204 ކަނޑުގެ ސިފައިންނަށް ސްރީލަންކާއިން ފްރީ ވިސާ ދޭނޭ ކަމަށާއި، އެމީހުން ދުވަސްކޮޅަކަށް ސްރީލަންކާގައި ތިބޭނޭ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާ ސަރުކާރުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ އަނަޑަ ވިޖޭޕާލަ ވިދާޅުވީ، ސްރީލަންކާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކަށް ސްރީލަންކާގައި ތިބޭނޭ ކަމަށެވެ.

އީރާނު ކަނޑުގެ ސިފައިންނަށް ސްރީލަންކާގައި މަހެއްހާ ދުވަހު ތިބުމަށް ފްރީ ވިސާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އީރާނުގެ 204 ކަނޑުގެ ސިފައިންނަކީ އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމަށްވާ “ބުޝެހްރް” ގައި ތިބި މީހުންނެވެ.

އެ މަނަވަރާއި، މަނަވަރުގައި ތިބި އީރާނު ކަނޑުގެ ސިފައިން ސްރީލަންކާގެ ހިމާޔަތަށް ގެންގޮސްފައިވާއިރު، އެ މަނަވަރާއެކު ދަތުރުކުރި އީރާނުގެ އަނެއް މަނަވަރު “ދީނާ” އަށް އެމެރިކާގެ އަސްކަރީ ސަބްމެއިންއަކުން ހަމަލާދީ ވަނީ ފައްތާލާފައެވެ.

އީރާނުގެ މަނަވަރު “ދީނާ” އަށް އެމެރިކާއިން ހަމަލާދީ ފައްތާލިއިރު، އޭގައި އީރާނުގެ ކަނޑުގެ ސިފައިންގެ 180 މީހުން ތިއްބެވެ.

އީރާނުން އާދީއްތަ ދުވަހު ބުނެފައިވަނީ، އެމެރިކާގެ ހަމަލާގައި މަނަވަރުގައި ތިބި މީހުންގެ ތެރެއިން 104 މީހުން މަރުވެފައިވާ ކަމަށެވެ. ސްރީލަންކާ ކަނޑުގެ ސިފައިންވަނީ 32 ސިފައިން ދިރިތިއްބާ ސަލާމަތް ކޮށްފައެވެ. އީރާނު ކަނޑުގެ ސިފައިންގެ އެތައް ބަޔަކު އަދިވެސް ނުފެނެއެވެ.

“ދީނާ” އަށް އެމެރިކާގެ ސަބްމެރިންއަކުން ހަމަލާދިނީ، ސްރީލަންކާ ކައިރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށެވެ. އެ މަނަވަރު އެނބުރި އީރާނަށް ދިއުމަށް ދަތުރު ކުރަމުންދިޔައީ، އިންޑިއާގައި ބޭއްވި ކަނޑުގެ ސިފައިންގެ ބައިނަލްއަގްވާމީ ހަރަކާތެއްގައި ބައިވެރިވުމަށް ފަހުގައެވެ.

އީރާނުގެ މަނަވަރު “ބުޝެހްރް” ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ސްރީލަންކާ ކައިރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް އިންޖީނުގައި މައްސަލަ ޖެހިގެން ސްރީލަންކާއަށް ރިޕޯޓްކުރުމުންނެވެ.

ރިޕޯތްތައް ބުނާގޮތުގައި، އެމެރިކާއިން ފައްތާލި މަނަވަރުން ދިރިތިއްބާ ސަލާމަތްކުރި އީރާނު ކަނޑުގެ ސިފައިންގެ 32 މީހުންނާއި، އިންޖީނު މައްސަލަ ޖެހިގެން ސްރީލަންކާއަށް ގެންދިޔަ “ބުޝެހްރް” މަނަވަރުގައި ތިބި 204 ސިފައިން އެމެރިކާއާ ހަވާލުކުރަން އެމެރިކާއިން ގެންދަނީ ސްރީލަންކާއަށް ޕްރެޝަރ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާ އެމެރިކާގެ ތަންތަނުގެ ލިސްޓް އިތުރުކޮށްފި

އެމެރިކާގެ ރާޑަރުތައް ގޮއްވާލެވުމުން ރައްދު ހަމަލާތައް ދިނުމަށް މިހާރު ވަރަށް ފަސޭހަ: އީރާން

ލަރިޖާނީގެ ވާހަކަތައް އެމެރިކާއިން ދޮގުކޮށްފި، ބުނަނީ އެމެރިކާ ސިފައިންތަކެއް ހައްޔަރު ނުކުރެވޭ ކަމަށް