ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަރިޖާނީގެ ވާހަކަތައް އެމެރިކާއިން ދޮގުކޮށްފި، ބުނަނީ އެމެރިކާ ސިފައިންތަކެއް ހައްޔަރު ނުކުރެވޭ ކަމަށް

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީއ
TTH_Ads
STO_Ads
Advertisement

އެމެރިކާ ސިފައިންތަކެއް އީރާނު އަތްދަށުވެފައިވާ ކަމަށް އީރާނުން ދައްކާ ވާހަކަތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ދޮގުކޮށްފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ބުނީ، މިއީ، އީރާނުން ކަންކަން އޮޅުވާލަން ހަދާ ބުހުތާނު ދޮގުތަކެއް ކަމަށެވެ.

އެމެރިކާ ސިފައިންތަކެއް އީރާނުގެ އިސްލާމިކް ރިވޮލލިއުޝަނަރީ ގާޑުގެ

HajjCop_ads
MMA_Ads
Advertisement

އަތްދަށުވެ ހައްޔަރު ކޮށްފައިވާކަން ހާމަކުރެއްވީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީއެވެ.

އޭނާ ވިދާޅުވީ، އެމެރިކާ ސިފައިންގެ “އެތައްބަޔަކު” ދިރިތިއްބާ އީރާނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމެރިކާ ސިފައިން ހައްޔަރުކުރީ ކޮން ތާކުންކަމެއް އޭނާ ހަމައެއް ނުކުރައްވައެވެ.

ނަމަވެސް، ގަލްފް އަދި އަރަބި ބައްރުގައި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އަސްކަރީ ހަރަކާތްތައް ހިންގާ ގައުމުތަކުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަމުން އެބަ ގެންދެއެވެ.

އަދި އީރާނުން އެމެރިކާގެ ތަންތަނަށް އަމާޒުކޮށް ފޮނުވަމުންގެންދާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމުގެ މަސައްކަތުގައިވެސް އެމެރިކާ ސިފައިން ހަރަކާތްތެރި ވަމުން އެބަ ގެންދެއެވެ.

އިސްތިއުމާރީ އިސްރާއީލެކޭ އެއްގޮތަށް އެމެރިކާއިންވެސް ގެންދަނީ އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގައި ލިބޭ ގެއްލުންތަކާއި، މަރުވާ މީހުންގެ އަދަދުތައް ސިއްރު ކުރަމުންނެވެ.

އެމެރިކާއިން ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވަނީ އެމެރިކާ ސިފައިންގެ އެންމެ ހަމީހުން ކަމަށެވެ.

ނަމަވެސް، އީރާނުން ގަލްފް އަދި އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމްބަސީތަކަށް ހަމަލާދީ ބައެއް ބޭސްތައް މުޅިން ބިމާހަމަ ކޮށްލާފައި ވެއެވެ. އަދި ބައެއް އެމްބަސީތަކަށް ބޮޑެތި އެތައް ގެއްލުންތަކެއް ދީފައި ވެއެވެ. ބައެއް އެމްބަސީތަކާއި، ކޮންސިއުލޭޓްތަކުގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމްބަސީތަކާއި، އަދި އެމެރިކާއިން އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަނާއި، އަދި އެމެރިކާ ސިފައިން ތިބޭ އިމާރާތްތަކަށް އީރާނުން ކޮށްލާފައިވާވަރު ފެނުމުން، މީހަކަށް ކަމެއް ނުވާކަމަށް ބުނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބައެއް ޖާސޫސީ މައުލޫމާތުތައް ބުނާގޮތުގައި، އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ އަދި އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާއަށް ނިސްބަތްވާ އެތައް ބަޔަކުވެސް މަރުވެފައި ވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް