ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާ އެމެރިކާގެ ތަންތަނުގެ ލިސްޓް އިތުރުކޮށްފި

އުރުދުންގައި ހުރި އެމެރިކާ އަސްކަރިއްޔާގެ ރާޑަރަށް އީރާނުން ހަަލާދީ ގޮއްވާލާފައި:

އީރާނުން ރައްދު ހަމަލާތައް ދެމުންގެންދާ އެމެރިކާގެ އަމާޒުތައް ނުވަތަ ތަންތަނުގެ ލިސްޓް އިތުރުކުރަން އީރާނުން ނިންމައިފި ކަމުގެ ރިޕޯޓްތައް ލިބެމުން އެބަދެއެވެ.

އީރާނުގެ ފާރސް ނިއުސްއިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އީރާނުން މިހާތަނަށް ރައްދު ހަމަލާތައް ދެމުން ގޮސްފައިވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަސްކަރީ މަސްލަހަތު ތަކަށެވެ.

އެހެން ނަމަވެސް، ހަމަލާދޭ އަމާޒުތަކުގެ ލިސްޓަށް އެހެން ތަންތަން އިތުރުކުރަން އީރާނުން މިހާރު ނިންމާފައިވާ ކަމަށް ފާރސްއިން ބުނެއެވެ.

އީރާނުން މިގޮތަށް ނިންމީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނުގެ ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށް ބޮންއަޅަން ފެށުމުންނެވެ.

އެހެންވެ، އެމެރިކާގެ އަސްކަރީ މަސްލަހަތުތަކުގެ ބޭރުން، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އިގްތިސާދާ ގުޅުންހުރި ތަންތަނާއި، މުދަލާއި އަދި އެނޫންވެސް އެމެރިކާގެ މުހިންމު ތަންތަނަށް ހަމަލާދޭން އީރާނުން މިހާރު ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ އިގްތިސާދާ ގުޅުންހުރި ތަންތަނުގެ މާނައަކީ، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ތެލުގެ ކުންފުނިތަކުގެ ތަންތަނަށް އީރާނުގެ ރައްދު ހަމަލާތައް އަމާޒުވާން ފެށުމެވެ.

މިކަމުގެ ސަބަބުން އަނެއްކާވެސް ތެލުގެ އަގަށް ބަދަލުތައް އަންނަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ އިތުރުން، ސަރަހައްދުގައި ހުރި އިސްރާއީލުގެ އެހެން މަސްލަހަތު ތަކަށްވެސް ހަމަލާދޭން އީރާނުން މިހާރު ނިންމާފައިވާ ކަމަށް ފާރސް ނިއުސްއިން ބުނެއެވެ.

އެމެރިކާގެ އެހީތެރިކަމުގައި އިސްތިއުމާރީ އިސްރާއީލުން އީރާނުގެ ތެލުގެ ސިނާއަތަށް އަމާޒުކޮށް ދޭންފެށި ހަމަލާތަކާ ގުޅިގެން އީރާނުން ރޭގައިވަނީ އިސްރާއީލުގެ ހައިފާގައި ހުންނަ އިސްރާއީލުގެ ތެލުގެ މައި ކާރުޚާނާއަށް މިސައިލް ތަކަކާތަކެއް ދީ ގޮއްވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

އެމެރިކާގެ ރާޑަރުތައް ގޮއްވާލެވުމުން ރައްދު ހަމަލާތައް ދިނުމަށް މިހާރު ވަރަށް ފަސޭހަ: އީރާން

ލަރިޖާނީގެ ވާހަކަތައް އެމެރިކާއިން ދޮގުކޮށްފި، ބުނަނީ އެމެރިކާ ސިފައިންތަކެއް ހައްޔަރު ނުކުރެވޭ ކަމަށް