ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ރާޑަރުތައް ގޮއްވާލެވުމުން ރައްދު ހަމަލާތައް ދިނުމަށް މިހާރު ވަރަށް ފަސޭހަ: އީރާން

އީރާނުގެ މިސައިލް ހަމަލާތައް އަމާޒުވެ ހައިފާގެ ތެޔޮ ކާރުޚާނާ ގޮވަނީ:

އެމެރިކާގެ ރާޑަރުތައް ދުއްވާލުމުން ރައްދު ހަމަލާތައް ދިނުމަށް މިހާރު ވަރަށް ފަސޭހަވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، އީރާނު ސިފައިން އިސްރާއީލަށް ރޭގައި ހަމަލާ ދީފައިވަނި އިމާދް އަދި ގަދްރް މިސައިލުން ކަމަށެވެ.

މީގެއިތުރުން، ޚައިބަރު ޝެކާން ވޯރހެޑްވެސް ހަމަލާ ދިނުމަށް ބޭނުން ކުރި ކަމަށް އައިއާރްޖީސީން ބުނެފައި ވެއެވެ.

އީރާނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށާއި، ދެކުނުގެ ސަރަހައްދުތަކަށް ފޮނުވާލި މިސައިލްތައް އެއްވެސް ހުރަހަކާ ނުލައި އަމާޒަށް ވާސިލްވެ ބާރުގަދަ ގޮވުންތައް ގޮވަމުންދާ މަންޒަރުތައް ހުޅަނގުގެ ބައެއް މީޑިއާ ވަސީލަތްތަކުންވެސް ދުރަށް ދައްކާފައި ވެއެވެ.

އީރާނުގެ ހަމަލާތައް ހުއްޓުވަން އެމެރިކާއިން ދީފައިވާ އަޔަން ޑޯމާއި، އަދި މިސައިލުން ދިފާއުވާ އެހެންވެސް އައްޑަނަޔަކުން މަސައްކަތެއް ކުރާ މަންޒަރެއް ނުފެންނާތީ، އެކަމާ ހުޅަނގުގެ ބައެއް ނޫސްވެރިން ސުވާލުވެސް ކުރަމުންދިޔައެވެ.

އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ތެލް އަވީވާއި އެހެން ރަށްތަކަށް ބޮޑެތި ބޮޑެތި އެތައް ގެއްލުންތައް ލިބުނުއިރު، ކަށަވަރު ނުވާ ރިޕޯޓްތައް ބުނަނީ އީރާނުގެ ހަމަލާތަކުގައި ރޭގައި އެކަނިވެސް 200 ވަރަކަށް މީހުން މަރުވި ކަމަށެވެ.

އީރާނުން ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލަށް ލިބޭ ގެއްލުންތައް ފެންނަ މަންޒަރުގެ ވީޑިއޯއެއް އާންމުކުރާ އިސްރާއީލު މީހަކު 5 އަހަރަށް ވަގުތުން ޖަލަށް ލަމުން ގެންދެއެވެ.

އަދި އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ މަންޒަރާއި، މަރުވާ މީހުންނާ ބެހޭ މައުލޫމާތު އާންމު ނުކުރަން އިސްރާއީލުން އެންގި އެންގުމަށް ބީބީސީ، ސީއެންއެން ފަދަ ހުޅަނގުގެ ދެފުށްކެހެރި ޚަބަރު ވިއުގަތަކުންވަނީ އެއްބަސްވެސް ވެފައެވެ.

އެކަމަކު، އެހެން ބައެއް ވިއުގަތަކުން އިސްރާއީލުގެ އެތެރެއަށް އޭޖެންޓުން ފޮނުވައިގެންނާއި، އިސްރާއީލު މީހުންނަށް ފައިސާ ދީގެން މަންޒަރުތައް ވީޑިއޯކޮށް، ނިޔެއަށް ހާމަކުރަމުން އެބަ ގެންދެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ރައްދު ހަމަލާތައް ދޭން ފެށުމުގައި އެންމެ ފުރަތަމަ އިސްކަމެއް ދިނީ، އެމެރިކާއާއި އިސްރާއީލުގެ “ލޯ” ދުއްވާލުމަށެވެ. އެއީ، މިސައިލްތައް އަންނަކަމުގެ އިންޒާރު ދުރާލާދޭ ރާޑަރުތަކަށް ހަމަލާދީ ހަލާކުކޮށްލުމެވެ.

އެގޮތުން، މެދުއިރުމަތީގައި އެމެރިކާއިން ގާއިމްކޮށް އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި އިސްރާއީލުން ބަރޯސާވަމުންދިޔަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މޮޅު ރާޑަރު ސިސްޓަމް ގޮއްވާލައި އަދި އޭގެފަހުން ބަހްރެއިންގައި ހުރި ރާޑަރުވެސް އީރާނުން ގޮއްވާލާފައި ވެއެވެ.

މިކަމުގެ ސަބަބުން، އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތައް އަންނަކަން ކުރިން ދެނެގަތުމަށް އެމެރިކާއާއި އިސްރާއީލަށްވެސް މިހާރުދަނީ ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާއާއި އިސްރާއީލުން ތެހެރާނުގައި ހުރި ތެލުގެ ސިނާއަތުގެ މުހިންމު ތަންތަނަށް އިއްޔެ ބޮންއަޅައި ގޮއްވާލިތާ ގިނައިރެއް ނުވަނީސް އީރާނުން ފޮނުވާލި މިސައިލްތައްވަނީ އިސްރާއީލުގެ ހައިފާގައި ގާއިމްކޮށްފައިވާ އިސްރާއީލުގެ ތެޔޮ ކާރުޚާނާ ފަސޭހަކަމާއެކު ގޮއްވާލާފައެވެ.

އީރާނުގެ ރައްދު ހަމަލާތަކާއެކު، ހައިފާ ތެޔޮ ކާރުޚާނާގައި ރޯވެ އަނދަމުންދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވެއެވެ.

އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެހެން ތަންތަނަށްވެސް އީރާނުން ރޭގައި ޑްރޯންއާއި މިސައިލުނން ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ކިތަންމެ ފޮންޏެއް ކަނޑައި އަދި އީރާނަށް އެވެނިމިވެނިހެން ހަނދާނަމޭ ބުނެ ކިތަންމެ އިންޒާރުތަކެއް ދިން ނަމަވެސް، އީރާނުން އަމަލުން ދައްކަމުންދާ ހިތްވަރާއި، އިރާނުގެ ވެރިންގެ ވާހަތަކާއި، އަދި ފެންނަ މަންޒަރުތަކަށް ބަލާއިރު، އީރާނުގެ މައްޗަށް އެމެރިކާއަށް އަދި އިސްރާއީލަށްވެސް ކުރި ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އެބަ ސާބިތުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibrey
Saabas 🇮🇷

ގުޅުންހުރި

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާ އެމެރިކާގެ ތަންތަނުގެ ލިސްޓް އިތުރުކޮށްފި

ލަރިޖާނީގެ ވާހަކަތައް އެމެރިކާއިން ދޮގުކޮށްފި، ބުނަނީ އެމެރިކާ ސިފައިންތަކެއް ހައްޔަރު ނުކުރެވޭ ކަމަށް