ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާވަނީ އީރާނަށާއި، ޑިޕްލޮމަސީއަށްވެސް ޣައްދާރުވެފައި: އީރާން

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް މާޖިދް

އެމެރިކާއިން ޣައްދާރުވީ އީރާނަށް އެކަނި ނޫން ކަމަށާއި، އެމެރިކާއިން ޑިޕްލޮމަސީއަށްވެސް ޣައްދާރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

ފްރާންސް 24 އަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް މާޖިދް ތަޚްތް-ރަވަންޗީ ވިދާޅުވީ، އީރާނުން ދުޝްމަނުންނަށާއި، ދުޝްމަނުންގެ ތަންތަނަށް ރައްދު ހަމަލާތައް ދެމުންގެންދަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އެމެރިކާއާއި އިސްރާއީލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާޖިދް ތަޚްތް-ރަވަންޗީ ވިދާޅުވީ، އީރާނުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދިޔައީ އިޚްލާސްތެރިކަމާއި ހެޔޮނިޔަތުގައި ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާ އެމީހުންގެ ރާގު ބަދަލުކޮށްލީ ކަމަށް މާޖިދު ވިދާޅުވިއެވެ.

އީރާނުން އެމެރިކާއަށް މިހާރު އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމެރިކާވަނީ އީރާނަށާއި ޑިޕްލޮމެސީއަށްވެސް ޣައްދާރުވެފައި ކަމަށް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް އަސްކަރީ ހަމަލާތައް ދޭންފެށީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ޖެނީވާގައި ބޭއްވި ވާހަކަތަކަށް އެމެރިކާއިން ހުށަހެޅި ބޮޑެތި ގިނަ ކަންކަމަށް އީރާނު އެއްބަސްވެ ބޮޑެތި ދޫތަކެއްދީ، އެއްބަސްވުމެއްގެ ދެލިކޮޕީ އެކުލަވާލެވި އަދި އެއްބައިވުމުގައި ހިމެނޭ ޓެކްނިކަލް ކަންކަމުގެ ވާހަކަތައް ވިއެނާގައި ބާއްވަން ތާވަލްކޮށްފައި ވަނިކޮށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުން، ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރި އުމާނުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުންވެސް ފާޅުކުރިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ބޭއްވެނީ ސީދާ ވާހަކަތަކެއް ނޫނެވެ. އެމެރިކާއިން އީރާނާ ވާހަކަ ދައްކަނީ އުމާން މެދުވެރިކޮށެވެ.

އެމެރިކާއިން އީރާނާ ވާހަކަ ދައްކަމުން ގެންދިޔައީ، އެއްވެސް އިޚްލާސްތެރި ކަމެއް އޮވެގެން ނޫން ކަމާއި، އެއީ ދުނިޔެއަށް ދަޅަދެއްކުމަށް ކުރި ކަމެއް ކަމަށް ތަޖުރިބާކާރު އެއްތައް ބޭފުޅުން ވިދާޅުވިއެވެ.

ވާހަކަތަކަށް ދިޔަ އިރުވެސް އެމެރިކާއިން އޮތީ އީރާނަށް ހަމަލާ ދޭނެ ތާރީޚް ކަނޑައަޅައި ނިންމާފައި ކަމަށްވެސް ގަބޫލުކުރެވިފައި ވެއެވެ.

ހަނގުރާމަ ހުއްޓުވަން ގައުމުތަކުން މަސައްކަތް ކުރަމުން ގެންދާއިރު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުކުރު ދުވަހު ވިދާޅުވީ، ހަނގުރާމަ ހުއްޓުވަން އުޅޭ ބަޔަކު ފުރަތަމަ ވާހަކަ ދައްކަންވީ އުދުވާނު ފެށި މީހުންނާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

އެމެރިކާގެ މަނަވަރު ގޮއްވާލަން އީރާނުން ދިނީ 30 މިނެޓް، ޓްރަމްޕް އުޅެނީ ވާހަކަތައް ހުއްޓުވައި ހަނގުރާމަ ފަށާނެ ހުއްޖަތެއް ފެނޭތޯ

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި

ވާހަކަތަކަށް އީރާނު ވަފުދު ޕާކިސްތާނުގައި، އެމެރިކާ ވަފުދު އަދި ނާދޭ