ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުޝްމަނުން ގިނަ ހަމަލާތައް އަމާޒުކުރަމުންދަނީ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އާންމު ތަންތަނަށް: އީރާން

އީރާނުގެ ދެކުނުގެ މިނާބްގައި ހުންނަ ޕްރައިމެެރީ ސްކޫލަށް ބޮންއެޅުމުގެ ސަބަބުން މަރުވި ކުދިންގެ ޖަނާޒާ ބާއްވަނީ:
STO_Ads

އެމެރިކާއާއި އިސްތިއުމާރީ ސިފައިން އީރާނަށް ދެމުންގެންދާ އުދުވާނީ ގިނަ ހަމަލާތައް އަމާޒުކުރަމުންދަނީ އީރާނުގެ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ގެތަކާއި އާންމު މާރުކޭޓުތަކަށް ކަމަށް އީރާނުން ބުނެފިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނާއި، އީރާނުގެ އެކި ކަންކޮޅުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާތާ ހަވަނަ ދުވަހަކަށް ވަނީ ލައިގެންފައެވެ.

ދުޝްމަނުންގެ ހަމަލާތައް އަމާޒުކުރަމުންދާ ތަންތަނުގެ މައުލޫމާއި، ހަމަލާތަކުގައި ލިބެމުންދާ ގެއްލުންތަކާއި، މަރުވާ މީހުންގެ އަދަދުތައްވެސް އީރާނުގެ މީޑިއާއިން ހާމަކުރަމުން ގެންދެއެވެ.

Maldivian_Ads

އެމެރިކާއާއި އިސްރާއީލުން ބުނަނީ، އެމީހުން މައިގަނޑު ގޮތެއްގައި ހަމަލާތައް ދެމުން ގެންދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަނަށް ކަމަށެވެ.

އެހެން ނަމަވެސް،އީރާނުގެ ހުރިހާ ހިސާބަކަށް ދުޝްމަނުން ޓެރަރިސްޓު ހަމަލާތައް ދެމުން ގެންދާ ކަމަށް އީރާނުން ބުނެއެވެ.

ޓެރަރިސްޓުން އީރާނަށް ބޮންއަޅަން ފެށި ފުރަތަމަ ދުވަހުވެސް އީރާނުގައި އަންހެން ދަރިވަރުން ކިޔަވާ ޕްރައިމެރީ ސްކޫލަކަށް ބޮންއެޅުމުގެ ސަބަބުން 165 ކުދީންމަރުވެ، އިތުރު އެތައް ކުދީން ޒަޚަމްވިއެވެ.

އެ ދުވަހު ތެހެރާނުގެ އިތުރު ސްކޫލަކަށްވެސް ޓެރަރިސްޓުން ބޮންއަޅާފައި ވެއެވެ.

އީރާނުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހު އީރާނަށް ދޭންފެށި  ވައިގެ ހަމަލާތަކުގައި މިހާތަނަށް 1،045 އާންމުން މަރުވެފައިވާ ކަމަށެވެ. އަދި 6،000 އަށްވުރެ ގިނަ އާންމުން ޒަޚަމްވެފައިވާ ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން ރޭ ހަތަރުދަމު ގެންދިޔައީ އީރާނުގެ އެކި ހިސާބުތަކަށް ވަރުގަދައަށް ބޮންއަޅަމުންނެވެ.

ވެރިރަށް ތެހެރާނުގެ އެކި ހިސާބުތަކުން ވަރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދިޔަ ކަމަށް، ނޫސްވެރިން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން ރޭގައި ހަމަލާދިން ތަންތަނުގެ ތެރޭގައި، އީރާނު އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނާއި، އީރާނު ސަރުކާރާ ގުޅުންހުރި އިމާރާތްތަކާއި، ތަންތަން ހިމެނޭ ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ގައުމީ ޓީވީ ހިންގާ މައި އިމާރާތަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ވަނީ، ކަންފަތް ބީރުކޮށްލާފަދަ އަޑުގަދަ ބޮމެއް ގޮއްވާލައިގެން ހަމަލާ ދީފައެވެ.

އީރާނުގެ ގައުމީ ޓިވީގެ އަޑު ކަނޑުވާލަން އިސްތިއުމާރީ އިސްރާއީލާއި އެމެރިކާއިން މީގެކުރިންވެސް ހަމަލާތައް ދީފައި ވެއެވެ. ނަމަވެސް، އީރާނު ގައުމީ ޓީވީގެ ޓްރާންސްމިޝަން ހުއްޓުވައެއް ނުލެވުނެވެ.

އިސްރާއީލާއި އެމެރިކާއަށް ތަންފުކެއްވެސް ދޫނުދީ، އީރާނުން ގެންދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އަދި އިސްރާއީލުގެ ރަށްތަކަށް ޑްރޯންއާއި މިސައިލުން ހަމަލާދީ ސުންނާފަތި ކުރަމުން އެބަ ގެންދެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ ޝަރުތެއް، އެމެރިކާއާ ވާހަކަ ދައްކަން ދެންއޮތީ މައިގަނޑު 3 ނުކުތާ

ޕާކިސްތާނު ވަރަށް ބިޒީ: އާސިމް ތެހެރާނުގައި، ޝަހްބާޒް ދޯހާގައި، ވާހަކަތައް ފަށާނެ ތާރީޚެއް އަދި ކަނޑަނޭޅޭ

ހޮރްމޫޒު ކަނޑުއޮޅި ބްލޮކްކުރަން ގޮސްއުޅޭ އެމެރިކާގެ ކަނޑުގެ ލަޝްކަރު ފަހަތަށް ޖެހިއްޖެ

ލުބުނާނުން ހިޒްބުﷲ “ނައްތާލުމުގެ” ރަސްމީ ވާހަކަތައް ފަށަން ލުބުނާނާއި އިސްރާއީލުން އެއްބަސްވެއްޖެ