ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރާނުގެ މިސައިލްތަކުން ގަތަރު، ކުވައިތު އަދި ޔޫއޭއީ ދިފާއުކުރަން ފްރާންސުން ހަތިޔާރާއި ސިފައިން ފޮނުވަނީ

ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން
Maldivian_Ads
TTH_Ads
STO_Ads
Advertisement

އީރާނުން ދެމުންގެންދާ ހަމަލާތަކުން ގަތަރު، ކުވައިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް – ޔޫއޭއީ ދިފާއުކުރަން ފަރަންސޭސިވިލާތުން މެޑިޓަރޭނިއަން ކަނޑަށް ހަނގުރާމައިގެ މަނަވަރުތަކާއި، ހަތިޔާރާއި ސިފައިން ފޮނުވަން ނިންމައިފިއެވެ.

މިކަން ހާމަކުރީ ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން، ހަނގުރާމައާ ގުޅޭގޮތުން ގައުމާ މުޚާތަބުކޮށް ދެއްކި ވާހަކައިގައެވެ.

ފަރަންސޭސި ރައީސް ބުނީ، ފަރަންސޭސި ކަނޑުގެ ސިފައިންގެ އެންމެ ބޮޑު މަނަވަރު “ޗާރލްސް” މެދުއިރުމައްޗަށް ދިއުމަށް އޭނާ މިހާރު އަމުރުކޮށްފައިވާ ކަމަށެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ބޮންއަޅާ ޖެޓުތަކާއި، އެންޓި-އެއަރ ސިސްޓަމްތަކާއި، އެއަރ ރާޑަރުތައް މިހާރު ސަރަހައްދުގައި ރުކުރުވާލަމުން ގެންދާ ކަމަށްވެސް ފަރަންސޭސި ރައީސް މެކްރޮން ބުނެފައި ވެއެވެ.

މެދުއިރުމަތީގެ ގައުމުތަކަށް ހަމަލާ ދިނުމަށް އީރާނުން ފޮނުވަމުންދާ ޑްރޯންއާއި، މިސައިލްތައް ވައްޓާލުމަށް ފަރަންސޭސިވިލާތުން ފޮނުވި އެއަރ ޑިފެންސް ސިސްޓަމްތައް ބޭނުން ކުރާނޭ ކަމަށްވެސް ފަރަންސޭސި ރައީސް ބުނެފައި ވެއެވެ.

އޭނާ ބުނީ، ގަތަރު، ކުވައިތު، ޔޫއޭއީގެ އިތުރުން، އުރުދުން އަދި އިރާގާއެކު ފަރަންސޭސިވިލާތުން ދިފާއީ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށާއި، އެ އެއްބަސްވުންތަކަށް ފަރަންސޭސިވިލާތުން އަމަލުކުރާނޭ ކަމަށެވެ. އެގައުމުތަކާއެކު ފަރަންސޭސިވިލާތް ދެމިއޮންނާނޭ ކަމަށެވެ.

ހަނގުރާމައިގެ ލަޝްކަރެއް މެދުއިރުމަތިން މެޑިޓަރޭނިއަން ކަނޑަށް ފޮނުވާކަން ފަރަންސޭސި ރައީސް މި އިއުލާންކުރީ، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އީރާނުން ޔޫރަޕްގެ ގައުމުތަކަށް އިންޒާރު ދީފައި ވަނިކޮށެވެ.

އީރާނުގެ މިއިންޒާރުތައް އައިސްފައިވަނީ “ދިފާއީ ހަރަކާތެއްގެ ގޮތުން” އީރާނުގެ މިސައިލްތައް ވައްޓާލުމުގައި ބައިވެރިވުމަށް ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުން ނިންމައި އެކަން ހާމަކުރުމާ ގުޅިގެންނެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ގެންދަނީ، އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިންނަށް އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.

އެގޮތުން، އެގައުމުތަކުގެ އަސްކަރީ ބޭސްތައްވެސް ބޭނުން ކުރުމުގެ ހުއްދަ ދީފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އީރާނަށް ހަމަލާ ދިނުމުގައި ޔޫރަޕްގެ ގައުމުތަކުން ވެދޭ އެހީތެރިކަމާއި، ކުރާ ތާއީދަށް ތައުރީފްވެސް ކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި