ކުއްލި ޚަބަރު

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

އަމުރާ ޚިލާފްވުމުން، އެމެރިކާއާއި އިނގިރޭސި 3 ތެޔޮޓޭންކަރަކަށް ހަމަލާ ދީފައިވާކަން އީރާނުން އިއުލާންކޮށްފި

އީރާނުގެ ހަމަލާތައް އަމާޒުވި ސްކައިލައިޓް ޓޭންކަރު

އެމެރިކާއާއި އިނގިރޭސީންގެ ތިން ތެޔޮ ޓޭންކަރަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިކަން ކަށަވަރުކޮށް ދިނުމުގެގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާން އީރާނު ގައުމީ ޓީވީން އާންމުކޮށްފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ތިން ތެޔޮ ޓޭންކަރަށް މިސައިލުން ހަމަލާ ދިނީ ޕާރޝިއަން ގަލްފް އަދި ހޮރްމޫޒް ކަނޑުއޮޅިން ކަމަށެވެ.

އީރާނުން ދިން ހަމަލާތަކާއެކު އެ ޓޭންކަރުތަކުގައި ހުޅުރޯވެ އަނދަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އީރާނުން ދިން ހަމަލާތައް އަމާޒުވި ބައެއް ތެޔޮ ޓޭންކަރުތަކުގައި ރޯވެ އަނދަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައްވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އައިއާރްޖީސީން ބުނެފައިވަނީ، އެ ޓޭންކަރުތަކަށް ހަމަލާދިނީ ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ވަނިކޮށް، އެ އުސޫލާ ޚިލާފްވެގެން ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ކުރެވޭ ތެލުގެ ވިޔަފާރީގައި ހިމެނޭ ބޮޑު އިންސައްތައެއްގެ ތެޔޮ ހުރަސްކުރާ އެންމެ މުހިންމު މަގެވެ. އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މިހާރުވެސް 250 އަށްވުރެ ގިނަ ތެޔޮ ޓޭންކަރު ހުރަސް ނުކުރެވިފައި އެބައޮތް ކަމަށް ވެއެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި މި ބްލޮކްކުރީ އެކަން ނުކުރަން އެމެރިކާއިން އެތައް އިންޒާރުތަކެއް ދެމުން ގެންދަނިކޮށެވެ. އީރާނުން އަންގަނީ އީރާނުގެ މިނިވަންކަމާއި ދިފާއަށް، އީރާނުން އެއްވެސް ކަމަކަށް ދޫނުދޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިރާނުގެ އައު ލީޑަރޝިޕުން ވާހަކަ ދައްކަން އެދިއްޖެ، ވާހަކަ ދައްކަން އަހަރެން އެއްބަސްވެޖައިން: ޓްރަމްޕް

ދުޝްމަނުން ސިއްސައިގެންދާފަދަ ގެއްލުންބޮޑު ހަމަލާތަކެއް ކުޑައިރުކޮޅެއް ތެރޭގައި ފެށޭނެ: އައިއާރްޖީސީ

ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލާފައިވާކަން އީރާނު ސަރުކާރުން ހާމަކޮށްފި

ޚާމަނާއީގެ އޮފީހުން ހަނގުރާމައިގެ ރައީސްގެ ވާހަކަތައް ދޮގުކުރުން: ޚާމަނާއީ ގަދަވެސަލާމަތުން އެބަހުންނެވި

TTH_advertisement