ކުއްލި ޚަބަރު

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

ހަނގުރާމައިގެ މައްސަލާގައި ބާއްވާ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި

އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ކުރިއަދްދަނީ:

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މި ބާއްވަނީ، އެމެރިކާއާއި އިސްރާއީލުގެ މައްސަލަ އީރާނުން ލިއުމުން އދއަށް ހުށަހަޅައި، މައްސަލަ ބެލުމަށް ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދިފައި ވަނިކޮށެވެ.

އަދި ދުނިޔޭގެ ބޮޑެތި އެތައް ގައުމަކުންވެސް ސަލަމާތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ހަނގުރާމަ ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެއެވެ.

ކުއްލި ބައްދަލުވުން ފެށުމުގެގޮތުން ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ، ހަމަލާތައް ވަގުތުން ހުއްޓާލައި، މަޝްވަރާގެ މޭޒުދޮށަށް އައުމަށް ގޮވާލައްވާފައެވެ.

ހަމަލާތައް ހުއްޓާނުލައިފިނަމަ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށި، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ ސަރަހައްދުގެ ހަމަޖެހުންވެސް ގެއްލިގެން ހިނގައިދާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށްވެވެސް ވިދާޅުވިއެވެ.

ގުޓަރޭސް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ 20 ސިޓީއަކަށް ބޮންއަޅާފައިވާ ކަމަށެވެ. އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ކޮންޓްރޯލް ކުރަން ދަތި ކަންތައްތަކެއް ފެށުމަށް މަގުފަހި ވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ގުޓަރޭސް އިންޒާރު ކުރެއްވިއެވެ.

ހަމަލާތަކުގައި އީރާނުގެ ވެރިންތަކެއް އަވަހާރަ ކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކެއް ލިބެމުންދާ ކަމަށާއި، ނަމަވެސް އެކަން ކަށަވަރު ނުވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި، އަދި މެދުއިރުމަތީގެ 7 ގައުމެއްގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބެސްތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މެދުއިރުމަތީގައި އެމެރިކާއިން ގާއިމްކޮށްފައިވާ އެންމެބޮޑު އަސްކަރީ ބޭސް ކަމަށްވާ، ގަތަރުގައި ގާއިމްކޮށްފައިވާ އަލް އުދައިދް އަސްކަރީ ބޭހުގައި ހުރި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ “ލޯ” ކަމުގައިވާ ބެލިސްޓިކް މިސައިލް އަންނަ ކަމުގެ އިންޒާރު ދުރާލާދޭ ރާޑަރުވެސް އީރާނުންވަނީ ގޮއްވާލާފައެވެ. މި ރާޑަރަކީ އެމެރިކާއާއި އިސްރާއީލަށްވެސް ވަރަށް މުހިންމު އެއްޗެކެވެ.

އިސްރާއީލުގެ އެތައް ރަށަކަށް އީރާނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވާއިރު، ހަމަލާތައް އަމާޒުކޮށްފައިވާ ސިޓީތަކުގެ ތެރޭގައި ތެލް އަވީވާއި، ހައިފާއާއި، ހިފާފައިވާ ގުދުސްއާއި، ގޯލާން ސަރަހައްދުވެސް ހިމެނެއެވެ.

އީރާނުގެ ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލު އަސްކަރިއްޔާގެ ތަންތަނަށެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މީހަކު މަރުވި ކަމެއްވެސް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

kulli khabaru

އިޒްރޭލުން އީރާނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފި

ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނު އަމާންދޭން، ޑީލެއް ހަދާކަށްނޫން: ތަޖުރިބާކާރުން

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް

TTH_advertisement