ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

TTH_Ads
STO_Ads
Advertisement

އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.

އިޒްރޭލުން އިރާނަށް މިއަދު ހެނދުނު ދިން ކުއްލި ހަމަލާއަށްފަހު އިރާނުން ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު އިރާނުން ދާދި ދެންމެއަކު ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

އިރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ތަރުޖަމާނު މާޖިދު އަހްވާން އެގައުމުގެ މެހްރް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މުޅި އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި ބަންދު ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

HajjCop_ads
Advertisement

ހަމަލާ އަށްފަހު އިރާނުގެ ވެރިރަށް ތެހެރާނުން މުއާސަލާތީ ހިދުމަތް މެދުކެނޑިފައިވާކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައި ވެއެވެ.

އަލްޖަޒީރާއިން ވަނީ ތެހެރާނުގެ އެއްވެސް ސަރަހައްދަކުން ނުގުޅޭ ކަމަށާއި އިންޓަނެޓްގެ ހިދުމަތަށްވެސް ބުރާ އަރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.

އިރާނުގެ ވެރިރަށް ތެހެރާންގެ މެދުތެރޭ ސަރަހައްދުން ބާރު އަޑުފައްގަނޑެއް އިވިފައިވާ ކަމަށާއި ކަޅު ދުން އަރަމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އެއްޗެއް ގޮވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލު ދީފައެއް ނުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށްކަށް ނުދޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

ހަމަލާދޭ ކޮންމެ އުޅަނދަކަށް އިންޖީނުގެއެއް ނުވަތަ ބްރިޖެއް ގޮއްވާލާނޭކަމަށް ޓްރަމްޕް ދިން އިންޒާރަށް އީރާނުން ވަރުގަދަ ރައްދެއް