ކުއްލި ޚަބަރު

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

މެދުއިރުމައްޗާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެ

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް

Vilufushi
ވިލުފުށީ ބިން ހިއްކުން އަންނަ ހަފްތާގައި ނިމޭނެ

ކޮޅުމަޑުލު ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ. އެރަށުގެ ބިން ހިއްކުން ކުރިއަށްގެންދާ އެމްއޭސީއެލުން ބުނީ މިހާރު ވިލުފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށެވެ.

ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. އެރަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްއޭސީއެލުން ބުނީ މި މަޝްރޫއުގެ ތެރެއިން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަންޖެހޭއިރު، ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 79 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައިކަމަށެވެ. އެއީ މުޅި މަސައްކަތުގެ 98 އިންސައްތަ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވިލުފުށީ ބިންހިއްކުމުގެ މަސައްކަތްކުރިއަށްގެންދަނީ ކެޕޭސިޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

އެރަށުގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެރަށޫގައި އަޅާ އެއާޕޯޓަކީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.

އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސްދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި

Giraavaru falhu

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026 ނިންމާލައިފި

އެމްއޭސީއެލުން ސެކިއުރިޓީ އޮފިސަރުންގެ ތަމްރީނު ކޯހެއް ފަށައިފި

TTH_advertisement