އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ހަމަލާ ދޭން ފަށައިފިއެވެ. އިޒްރޭލުން އީރާނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އެގައުމުން ބުނެފައިވާއިރު، މި ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވިކަމަށް އެމެރިކާގެ އޮފިޝަލަކު އަލް ޖަޒީރާއަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އީރާންގެ ވެރިރަށް ތެހެރާނުން ގިނަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ކަރްމަންޝާހް، ލޮރެސްތާން، ތަބްރީޒް، އިސްފަހާން އަދި ކަރަޖްގައި ވެސް ވަނީ ގޮވުންތަކެއް ގޮވާފައެވެ. ނަމަވެސް، އަލް ޖަޒީރާއަށް މި ޚަބަރު މިވަގުތުން މިވަގުތަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ކަމަށް އިރާގު ނިއުސް އޭޖެންސީ (އައި.އެން.އޭ) އިން ރިޕޯޓުކޮށްފިއެވެ.
އަދި އެމެރިކާއާއި އިޒްރޭލު ގުޅިގެން ދެމުންދާ ވައިގެ ހަމަލާތަކުގެ އަމާޒަކީ އީރާނުގެ ސަލާމަތީ ނިޒާމު ރޫޅާލުން ކަމަށް އެމެރިކާގެ އޮފިޝަލަކު އަލް ޖަޒީރާއަށް ވަނީ މައުލޫމާތު ދީފައެވެ.
އީރާންގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ތަރުޖަމާނު މާޖިދު އަޚަވާން، މެހެރް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ވަކި ގޮތެއް އަންގަންދެން މުޅި ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު