ކުއްލި ޚަބަރު

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

5adc2450 c45f 48b4 9b11 67ec613d96f5

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު، އަޙްމަދު ނިމާލު މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އުމުރުން 62 އަހަރުގެ ނިމާލު ނިޔާވީ، ސްޓްރޯކެއް ޖެހިގެން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ނިމާލަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދީފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އައި.ޖީ.އެމް.އެޗަށް ބަދަލުކުރެވިފައެވެ. ނިޔާވިއިރު އޭނާ ގެންދިޔައީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

އަޙްމަދު ނިމާލަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާއަކީ ހަމައެކަނި މޮޅު އެކްޓަރެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. ނިމާލު ވަނީ ދިވެހި ސިނަމާއަށް ގިނަ ފިލްމުތަކެއް އުފައްދައިދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިމާލް ނިޔާވެއްޖެ ކަަމަށް ބުނެ ފަތުރަނީ ދޮގެއް: އާއިލާ

ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ

TTH_advertisement