ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

66

ވެމްކޯގެ މަސައްކަތު މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކުންފުނީގެ މަސައްކަތު މާޙައުލުގެ ހާލަތު ދެނެގަތުމަށް އަވަސް ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ “ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމައިފި” ކަމަށެވެ.

މި ތަހުގީގު ހިންގަން ނިންމާފައި މިވަނީ ވެމްކޯގެ މާލޭ ސައިޓެއްގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވަނިކޮށެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތަށް ބަލާއިރު، އެ މީހާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކޮންޓެއިނަރެއްގެ ތެރެއަށެވެ. މި ހާދިސާގައި އޭނާގެ މޭކަށިގަނޑުގެ ތިން ތަނަކުން ވަނީ ބިނދިފައެވެ.

ވެމްކޯގެ މަސައްކަތު މާހައުލުގައި މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ތިލަފުށީ ސައިޓެއްގައި އެކްސްކަވޭޓަރަކުން ޖެހި ބިދޭސީ މުވައްޒަފަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ހަމަކުން ޑީސަލް ނަގަން އުޅުމުގެ ތެރޭގައި ޑީސަލް ބޮވިގެން މުވައްޒަފެއްގެ ހާލު ސީރިއަސްވި ހާދިސާއެއް ވެސް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި

HRCM

ދިރާސާއެއްގައި ޣައިރު ދީން އޮންނަން ފެނޭތޯ ސުވާލުނުކުރަން: އެޗްއާަރްސީއެމް

447067 36f1ca79 8

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި

TTH_advertisement