ރާއްޖެއާއި ކުވައިތުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ހަމަތަކާއި އުސޫލުތަކަށްކުގެ މައްޗަށްކަމަށާއި ދެޤައުމަށްވެސް ފައިދާވާނެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތުތައް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުވައިތުގެ ޤައުމީ ދުވަހާއި، މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖަބަރު އަލް ސަބާޙްއަށާއި، ކުވައިތުގެ ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލް ސަބާޙްގެ އިތުރުން އެޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ކުވައިތުގެ މިނިވަން ދުވަހައި ޤައުމީ ދުވަހުން ހަނދާންކޮށްދެނީ އެޤައުމުން ހޯދާފައިވާ ކުރިއެރުންތައްކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް، ކުވެއިތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ވަނީ އެޤައުމުގެ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ހަމަތަކާއި އުސޫލުތަކަށްކަން ފާހަގަކުރައްވާ ރައީސްވަނީ އެގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމަށްވެސް ފައިދާވާނެ މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަންފާކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖުގައި ވަނީ ރާއްޖެއާއި ކުވައިތުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ހަމަތަކާއި އުސޫލުތަކަށްކަށްކަމަށެވެ. މިއާއެކު ރައީސްވަނީ އެގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމަށްވެސް ފައިދާވާނެ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަންފާކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ކުވައިތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ ޑިސެމްބަރު 1977 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު