ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

އީރާނަށް ހަމަލާދީފިނަމަ އެމެރިކާ ސިފައިންނަށް ނުރައްކާ! އިސްރާއީލު ލައްވައި ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތަކެއް

އެމެރިކާގެ ދިފާއީ ވުޒާރާގެ އެންމެ އިސް ޖެނެރަލް – ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިން އ

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ އެމެރިކާ ސިފައިންނަށް ލިބިގެން ހިނގައިދާނެ ބޮޑެތި ގެއްލުންތަކާއި، އަދި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބުނެ އެމެރިކާގެ ދިފާއީ ވުޒާރާގެ އެންމެ އިސް ޖެނެރަލް – ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެތައް އިންޒާރުތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އެތައް މީޑިއާ ވަސީލަތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

އީރާނަށް ހަމަލާ ދީފިނަމަ އެމެރިކާއަށް ކުރިމަތިލާން ޖެހިދާނެ ނުރައްކާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސްގެ އިތުރުން، އެމެރިކާ އަސްކަރިއްޔާގެ އެތައް ވެރީންނަކަށްވެސް ޖެނެރަލް ޑޭން ކެއިން އިރުޝާދާއި މަޝްވަރާތައް ދީފައިވާ ކަމަށް ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި، އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ފަށާ އަސްކަރީ ހަމަލާތައް ދިގުލައިގެން ހިނގައިދާނެ ކަމާއި، އެމެރިކާއިން އީރާނަށް ކުރިން ދިން ހަމަލާތަކާއި މިފަހަރު ހަމަލާ ދީފިނަމަ ކުރިމަތިވެދާނެ ނުރައްކާތަކާއި އަދި ހަމަ އެއާއެކު އީރާނަށް ހަމަލާ ދިނުމުގައި ބައިވެރިވާ އެމެރިކާގެ ގިނަ ސިފައިންތަކެއް މަރުވުމުގެ ފުރުސަތު ބޮޑުވުން ހިމެނެއެވެ.

އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާ އަސްކަރީ ހަމަލާތައް ކާމިޔާބުވުމާއި ނުވުމުގެ މައްޗަށްވެސް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހަމަލާތައް ފަށާއިރު، ބައެއް ކަހަލަ އަސްކަރީ ވަސީލަތްތައް މަދުވުމާއި އަދި އީރާނަށް ހަމަލާ ދިނުމުގައި ސަރަހައްދުގެ އެމެރިކާގެ ބައިވެރިންގެ އެކަށީގެންވާ ތާއީދު ނެތުމަކީވެސް އެމެރިކާ ސިފައިންނަށް ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ޖެނެރަލް ކެއިން ޓްރަމްޕަށް އިންޒާރު ކޮށްފައިވާ ކަމަށް، އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފިނަމަ އެ އަމުރު އޭނާ ތަންފީޒު ކުރާނޭ ކަމަށާއި، ނަމަވެސް އެކަމާމެދު ފުންކޮށް ވިސްނުމަށް ޖެނެރަލް ކެއިން ޓްރަމްޕަށް ދަންނަވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިންއާ ގުޅޭ ޚަބަރުތައް މީޑިއާގައި ހަލުވި ކަމާއެކު ފެތުރޭން ފެށުމުން ރައީސް ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ޝޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އެއީ “ފޭކް ނިއުސް މީޑިއާ” އިން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އީރާނާ ދެކޮޅަށް ހަނގުރާމައަށް ނުދިއުމަށް ޖެނެރަލް ކެއިން އިރުޝާރު ދިން ކަމަށް ބުނެ މީޑިއާގައި ފަތުރަމުން ގެންދަނީ ސަތޭކަ އިންސައްތަ ދޮގު ވާހަކަތަކެއް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާއިން މަސައްކަތް ކުރަނީ އީރާނާއެކު ޑީލެއް ހެދުމަށް ކަމަށާއި، އެފަދަ ޑީލެއް ނުހެދިއްޖެނަމަ އީރާނަށް ވަރަށް ގޯސް ދުވަސްތަކަކާ ކުރިމަތި ވާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އީރާނަށް ހަމަލާ ދިނުމާ ގުޅޭގޮތުން ގޮތް ނިންމާނީ އޭނާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކުގެ އިތުރު ބުރެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައި ވާއިރު، އީރާނުން ހުށަހަޅާ އެއްބަސްވުމުގެ ދެލިކޮޕީ، އަންގާރަ ދުވަހު އެމެރިކާއަށް ހުށަހަޅާނެ ކަމަށް ވެއެވެ.

އީރާނަށް އަސްކަރީ ހަމަލާދިނުމާ ދެކޮޅަށް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއަރމަން ޖެނެރަލް ޑޭން ކެއިން ޓްރަމްޕަށް އިންޒާރު ދިންކަމުގެ ރިޕޯޓްތައް ފަތުއަޑުކިޔާފައި ފެތުރެމުން ދާއިރު، ޓްރަމްޕްގެ ކެބިނެޓުގެ ބައެއް ވަޒީރުންވެސް އީރާނަށް ހަމަލާ ދިނުމަށް ތާއީދު ނުކުރާ ކަމަށް އެތެރޭގެ ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ހާމަކޮށްފައި ވެއެވެ.

އީރާނަށް ހަމަލާދޭން ފުރިހަމައަށް ތާއީދުކޮށްފައިވަނީ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތުއާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެމެރިކާއިން އީރާނާ ގާތަށް ކިތަންމެ ހަތިޔާރެއް ޖަމާކުރި ނަމަވެސް، އަދި ދެންމެ ދެންމެ އީރާނަށް ހަމަލާ ދީފާނެ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާ ސިފައިން އަދިވެސް އުޅެނީ “ތައްޔާރީތައް” ވުމުގައެވެ.

އެމެރިކާއިން އީރާނާ ގާތަށް ފޮނުވި ކަނޑުގެމަތީގެ ދެވަނަ ލަޝްކަރުގައި ހިމެނޭ ޖެރަލްޑް ފޯޑް ބިޔަ މަނަވަރުގެ ފާޚާނާތަކުން ގުއިފެން އަރައި، މައްސަލަ ޖެހިގެންނާއި، އެހެން ބައެއް މަރާމާތުތައް ހުރެގެން މިހާރުވަނީ ގްރީސްގެ ބަނދަރަކަށް ވައްދާފައެވެ.

އަރަބި ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށް ޖަމާކުރި ބޮންއަޅާ މަތިންދާ ބޯޓުތަކާއި، ހަތިޔާރާއި، ސިފައިންވެސް މިހާރުވަނީ އެހެން ތަންތަނަށް ގެންގޮސްފައެވެ. އެއީ، އީރާނުން ދިން އިންޒާރުތަކާ ގުޅިގެންނެވެ.

ކުރިން ފެތުރިފައިވާ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާ ދިނުމުގައި އީރާނުން ތައްޔާރުވެފައިވަނީ އެއްފަހަރާ އެތައް ބައިވަރު ހަމަލާތައްދީ ވީހާވެސް ގިނަ އެމެރިކާ ސިފައިން މެރުމަށެވެ.

ސިޔާސީ މުހައްލިލުން ވިދާޅުވަނީ، އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށައި އަދި އެމެރިކާ ނާކާމިޔާބު ވެއްޖެނަމަ އެމެރިކާގެ ތާރީޚްގައިވެސް މަގާމުން ދުރުކުރާ ފުރަތަމަ ރައީސަށް ޓްރަމްޕް ވެގެން ހިނގައިދާނެކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ.

އެހެންވެ، އެމެރިކާގެ ބަދަލުގައި އިސްރާއީލު ލައްވައި އީރާނަށް ހަމަލާދޭންވެސް އެމެރިކާއިން ވިސްނުންތަކެއް ގެންގުޅޭ ކަމަށް، ކަށަވަރު ނުވާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ކިތަންމެ ބިރެއް ދެއްކިޔަސް ނަން އަނބުރާ ނުގެންދާނަން: ނޫރީ އަލް މާލިކީ

އިތުރު ބުރެއްގެ ވާހަކަތައް ބުރާސްފަތި ދުވަހު، އީރާނު ފަހަތަށް ނުޖެހޭތީ ޓްރަމްޕްވެސް ސުވާލު އުފައްދައިފި

އިރާނަށް ހަމަލާދޭން ޓްރަމްޕް ނިންމައިފިކަމުގެ ރިޕޯޓްތަކެއް: އިރާނުގެ ރައީސް ވިދާޅުވީ އެމެރިކާގެ ޕްރެޝަރަށް ބޯނުލަނބާނެ ކަމަށް

ކަނޑުގެެ އިތުރު ލަޝްކަރެއް ފޮނުވައި، އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވާން ފަށައިފި

TTH_advertisement