ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުގެެ އިތުރު ލަޝްކަރެއް ފޮނުވައި، އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވާން ފަށައިފި

TTH_Ads
STO_Ads
Advertisement

ކަނޑުމަގުން ހަމަލާދޭ މަނަވަރުތަކުގެ ދެވަނަ ލަޝްކަރު މެދުއިރުމައްޗަށް ފޮނުވައި، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެންމެފަހުން މެދުއިރުމައްޗަށް މިއަދު ގޮސްފައިވަނީ ހަނގުރާމައިގެ ބިޔަ މަނަވަރު ޖެރަލްޑް އާރް ފޯޑްއާއި، އެ މަނަވަރާއެކު ހިމެނޭ ގާފިލާއެވެ.

މި ލަޝްކަރު މެދުއިރުމައްޗަށް ދިޔައިރު، އެމެރިކާއިން ކުރިން ފޮނުވި ކަނޑުގެ ލަޝްކަރު، އަބްރަހަމް ލިންކަން ހިމެނޭ ގާފިލާ އޮތީ އަރަބި ކަނޑުގައެވެ.

HajjCop_ads
Advertisement

ރިޕޯޓްތައް ބުނާގޮތުގައި، މިއީ ހަނގުރާމައެއްގައި އެމެރިކާއިން މިފަދަ ބިޔަ ދެ ލަޝްކަރު ބޭނުންކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ކަނޑުގެ ލަޝްކަރުތަކަކީ، ބޮންއަޅާ ބޯޓުތައް އުފުލުމާއި، ކްރޫޒް މިސައިލާއި، ހެލިކޮޕްޓަރުތަކާއި، އެނޫންވެސް އަސްކަރީ ސާމާނާއި ސިފައިން އުފުލަން ބޭނުންކުރާ އަސްކަރީ ބިޔަ އުޅަނދުތަކެވެ.

އީރާނަށް ހަމަލާދިނުމަށް އެއްގަމާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދޭނޭ ކަމަށް އަރަބި ބައެއް ގައުމުތަކުން ބުނުމާ ގުޅިގެން އެމެރިކާ އަސްކަރިއްޔާއިން މިހާރު ދަނީ ޕޯޗްގަލްގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް ބޮންއަޅާ ބޯޓުތައް ޖަމާކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާ އަދި ގަތަރުވެސް ބޭނުން ނުކުރެވޭނޭ ކަމަށް އެގައުމުތަކުން ވަނީ އެމެރިކާއަށް އަންގާފައެވެ. ނަމަވެސް ޔޫއޭއީ އަދި އުރުދުންއިން އެފަދަ ނިންމުމެއް ނިންމިކަމެއް ސާފެއް ނުވެއެވެ.

ޔޫއޭއީއާއި އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް ހަނގުރާމައިގެ ހަތިޔާރާއި ސިފައިން ޖަމާކޮށް އެމެރިކާއިން ކުރިން ތައްޔާރުވެފައި ވެއެވެ.

އެކަމަކު، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެންމެ ފުރަތަމަވެސް ރައްދު ހަމަލާތައް އަމާޒުކުރާނެ ތަންތަނުގެ ތެރޭގައި ޔޫއޭއީ އަދި އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތައް ހިމެނޭނޭކަން އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދާތީ، އެ ބޭސްތަކުން ސިފައިންނާއި ހަތިޔާރު ހުސްކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރެމުންދެއެވެ.

އެމެރިކާއިން މިއަދު ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ބޭސްތައް ބޭނުން ނުކުރެވޭނަމަ އީރާނަށް ހަމަލާ ދޭނީ ޔޫރަޕްގެ ބޭސްތައް ބޭނުންކޮށްގެން ކަމަށެވެ.

ދެން ބޭނުންކުރާނީ ކަނޑުމަގުން ޖަމާކޮށްފައިވާ ލަޝްކަރުތަކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވަނީ އެއްބަސްވުމަކަށް ދިއުމަށް އީރާނަށް 10 ނުވަތަ 15 ވަރަކަށް ދުވަހުގެ މުހުލަތު ދީފައެވެ.

އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމެއް ނުހެދިއްޖެނަމަ އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭނޭ ކަމަށާއި، އެމެރިކާއިން ދޭނީ “ލިމިޓެޑް” ހަމަލާތަކެއް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ދެކެވެމުންދާއިރު، އެމެރިކާއިން ދަނީ އިތުރު މައްސަލަތައް އޭގެ ތެރެއަށް ވައްދައި އީރާނު އެއްބަސްވުމަކަށް ނުދާނެހާ ގޮތްގޮތް ހަދަމުންނެވެ. ރައްދުގައި އީރާނުންވެސް ގެންދަނީ އެމެރިކާ އެއްބަސްނުވާނެ ކަންކަން ހުށަހަޅަމުންނެވެ.

ވާހަކަތަކުން ކުރިއެރުންތަކެއް އަދި ނުލިބުނު ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދެވޭނޭ ކަމަށް އެމެރިކާއާއި އީރާނުންވެސް އުންމީދުކުރެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި