ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ޙަސިލުކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ޭނެ ކައުންސިލެއް ބޭނުންވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަރަކާތުގައި ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ތައީދުކުރީ އެމަނިކުފާނުގެ ތަސައްވުރު ރަނގަޅުވުމުންކަމަށެވެ. އެހެންކަމުން އެ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު، މި ރާއްޖެ ތަރައްޤީކުރާން ބޭނުންފުޅުވާ ޕްލޭން ރައްޔިތުންނާ ހިއްސާކުރައްވާފައިވާކަމަށާއި، އެމަނިކުފާނު މިރާއްޖެއަށް ގެންނަން ބޭނުންފުޅުވާ ތަރައްޤީވެސް ރައްޔިތުންނަށް ކަމުދާކަމަށް ވަޒީރު ވދާޅުވިއެވެ.
އަޅުގަނޑުމެންގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާގޮތަށް އަޅުގަނޑުމެން ކަންކަން ބައްޓަންކޮށްފިއްޔާ، އަޅުގަނޑުމެން ބޭނުންވެގެން އެ އުޅުނު ކަންތައް އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެތޯ؟ ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ!
ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ޤާބިލު އަދި ރައްޔިތުންނާއެކު މަސައްކަތްކުރާނެ ކެންޑިޑޭޓުންތަކެއްކަމަށެވެ. އެކަން އެ ކެންޑިޑޭޓުން ސާބިތުކޮށްދީފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު