ކުއްލި ޚަބަރު

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރޭ، ފަތުރަނީ ދޮގު ވާހަކަތަކެއް!

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި

31 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަހު ދޭން ފަށައިފި

395641 c604bcf8 9
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން

ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭންފެށިތާ 31 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހުކުރު ދުވަހު ޚިދުމަތް ދޭން ފަށައިފިއެވެ.

ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ދޭން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ޑިސެމްނަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ސެންޓަރުގެ ތާރީޚުގައި ހުކުރު ދުވަހެއްގައި ޚިދުމަތް ދީފައެއް ނުވެއެވެ. އެސެންޓަރުން މިހާތަނަށް ޚިދުމަތް ދެމުން އައިސްފައިވަނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެނިހެން ދުވަސްތަކުގައެވެ. ނަމަވެސް ހަފްތާގެ ހުރިހާ ދުވަހަކު ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ދިނުމަކީ ތެލަސީމިއާ ބަލި ތަހައްމ،ަލުކުރަމުން އައި ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

މިގޮތުން ފާއިތުވި ހުކުރު ދަވަކީ ފުރަތަމަ ފަހަރަށް އެސެންޓަރުން ހުކުރު ދުވަހެއްގައ ޚިދުމަތް ދިން ދިބަހެވެ. އަދި މީގެފަހުން ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދީފައިނުވާކަމަށެވެ. މިކަން ބަދަލުކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާކަމަށާއި 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަމަށެވެ.

ތެލަސީމިއާގެ ފަރުވާއާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒަމާންތަކެއް ވަންދެން މާލޭގައި ޚިދުމަތް ދެމުންދިޔަ ތެލަސީމިއާ ސެންޓަރުގެ ބަދަލުގައި ޒަމާނީ ސެންޓަރެއް ވަނީ ހުޅުމާލޭގައި ޤާއިމްކޮށްފައެވެ. މީގެ އިތުރުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއްވަނީ ދޭން ސަރުކާރުން ވަނީ ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

Thalassemia

މާބަނޑު ދަރިފުޅަކީ ލޭއަޅާ ކުއްޖެތޯ ބަލަން ލާޒިމްކުރާ ބިލް ބަލައިގަނެފި

395665 df95740a c

ތެލެސީމިއާ ކުދިންނަށް އެމްބީއެސްގެ ހާއްސަ ހޮޓްލައިން ނަމްބަރެއް

TTH_advertisement