އައްޑޫ ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ މީހަކު އިސްލާމްދީން ގަބޫލުކޮށް، މިއަދު ޝަހާދަތް ކިޔައިފިއެވެ.
އިސްލާމްދީން ގަބޫލުކޮށްފައިވަނީ އެ ރަށުގެ ސެލޫނެއްގައި މަސައްކަތްކުރާ ލަންކާ މީހަކެވެ. އޭނާއަކީ ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރާ މީހެކެވެ.
ފޭދޫ މިސްކިތެއްގެ އިމާމު ކުރިމަތީގައި އޭނާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.
އިސްލާމްވީ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވަންއެވެ. އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން މިހާރު ވަނީ “ޢަބްދުﷲ އާދަމް”ގެ ނަމަށް ބަދަލުކޮށްފައެވެ.
މީގެ ހަފުތާއެއް ކުރިން ވެސް ރާއްޖޭގައި، ބިދޭސީ ފަތުރުވެރިއަކު ވަނީ އިސްލާމްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު