ކުއްލި ޚަބަރު

މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ އުތުރުފަރާތު މަގުގެ ބާކީބައި ތަރައްޤީކުރަން މިމަހު ފަހުކޮޅު ފަށަނީ

Boduthakurufaanu magu
މާލޭ އުތުރުފަރާތުން އެންމެ ފަހުން ތަރައްޤީކުރި ސަރަހައްދު

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުންފެށިގެން ހެންވޭރު ޓަރމިނަލާ ހަމައަށް ތަރައްްީކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެ ސަރަހައްދުގެ ދެ ފިޔަވަހި މިހާރު ވަނީ ނިންމާފައެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން މަސް މާރުކޭޓާހަމައަށާއި، އެ ސަރަހައްދުން ފެށިގެން ނޯތު ހާބަރު ސަރަހައްދަށެވެ. އަދި އެ ސަރަހައްދުތައް މިހާރު ވަނީ އާންމުނަށް ހުޅުވާލާފައެވެ.

މަގު ހެދުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށި އެތެރެއަށް ޖައްސައި އަންނަނީ މަގު ފުޅާކުރަމުންނެވެ. އަދި އެ މަސައްކަތްކުރަނީ ޝީޓުޕައިލް ކުރަމުންނެވެ. އެމްޓީސީސީން ބުނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާރމިނަލާ ހަމައަށް 600 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރާނެކަމަށެވެ. އަދި 700 މީޓާރުގެ ސަރަހައްދެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި އެ ސަރަަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކުގެ ނިޒާމުވެސް ކުރިއަށް ގެންދެއެވެ.

އެމްޓީސީސީން ބުނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓަރމިނަލާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެކަމަށެވެ. އަދި މުޅި މަޝްރޫޢު އޭޕްރީލް ނުވަތަ މެއި މަހު ނިންމާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މާލޭ އުތުރުފަރާތު މަގު އެމްޓީސީސީން ތަރައްޤީކުރާއިރު، މުޅި  މާލޭޣެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކުރިއަށް ގެންދާނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ރޯދައިގެ ތެރޭ ޖުމްހޫރީ މައިދާނާއި ހެންވޭރު ޓާމިނަލާ ދެމެދުގެ މަގު ހަދަން ފަށާނެ: ސައުދީ 

ބޮޑުތަކުރުފާނު މަގު: ތާރުޅައި ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލައިފި

Screenshot 2026 02 16

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

TTH_advertisement