ކުއްލި ޚަބަރު

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ތ. ދިޔަމިގިލީގައި

HBlMcLsbUAEawwa

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްގެ އަތޮޅުތެރޭގެ ފުރަތަމަ ފޯރަމް ތ. ދިޔަމިގިލީގައި މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިރޭ ދިޔަމިގިލީގައި އޮންނަ އިޙްޔާ ފޯރަމްގައި ދަރުސް ދެއްވާނީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ. ރަމަޟާން މަހުގެ މާތްކަން މި މަޢުޟޫއަށް ދެއްވާ ދަރުސް އޮންނާނީ ދިޔަމިގިލި ފުޓްސަލް ގްރައުންޑްގައި  މިރޭ 21:30ގައިކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ރަމަޟާންމަހު އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އިޙްޔާ ފޯރަމް ބާއްވާ ރަށްތަކާއި ދުވަސް

– ތ. ދިޔަމިގިލި: 20 ފެބްރުއަރީ
– ތިނަދޫ ސިޓީ: 23 ފެބްރުއަރީ
– ގދ. މަޑަވެލި: 24 ފެބްރުއަރީ
– ގދ. ގައްދޫ: 25 ފެބްރުއަރީ
– ހއ. އިހަވަންދޫ: 27 ފެބްރުއަރީ
– ޅ. ނައިފަރު : 3 މާރިޗު
– ކ. ހިންމަފުށި: 4 މާރިޗު
– ކ. ގުރައިދޫ: 6 މާރިޗު
– ލ. މާވަށް: 9 މާރިޗު
– ރ. މީދޫ: 11 މާރިޗު

އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން މާލޭގައި 8 އިހްޔާ ފޯރަމް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. މާލޭގައި އިޙްޔާ ފޯރަމްތައް ކުރިއަށް ދާނީ އަންނަ މާރިޗް މަހުގެ 15 ވަނަ ދުވަހާއި ހަމައަށެވެ.
އިޙްޔާ ފޯރަމްތަކަކީ، ދީނީ މަޢުލޫމާތު ފޯރުކޮށްދީ އާއްމުން ހޭލުންތެރި ކުރުމަށް އެ ވުޒާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މި އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމް މިރޭ ފެށުމަށް ހަމަޖައްސައިފި

ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފި

120345 f9e1095d 5

ވިއްސާރައާ ގުޅިގެން ފަސްކުރި “ޢިއްޒަތުގެ ބިން” ދަރުސް އަންނަ ހަފްތާގައި ބާއްވަނީ

TTH_advertisement