ކުއްލި ޚަބަރު

ސަން ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފި

ގޭބިސީގެ އާމްދަނީ އާއި ޚަރަދުތައް ސާރވޭކުރުމަށް އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފި

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި

އާ އިންޖީނަކުން ޚިދުމަތް ދޭން ފަށައި ގުޅީގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފި

98

ސްޓެލްކޯ އިން ކ. ގުޅީގައި އާ އިންޖީނެއް ބަހައްޓައި ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެ ރަށުގައި ބަހައްޓައި، އެ އިންޖީނުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެ އާ އިންޖީނާ އެކު، ޕަވާ ޖަނަރޭޝަން ކެޕޭސިޓީ ނުވަތަ ކަރަންޓު އުފެއްދޭ މިންވަރު 1،904 ކިލޯވޮޓަށް އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ގުޅިއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަމަހުގެ ކުރިން އެ ރަށުގެ ކަރަންޓްގެ ކެޕޭސިޓީ އިތުރުކޮށްދެއްވާނެ ކަމަށެވެ.

އެ ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ.

އާބާދީގައި 814 ގެ މީހުން ހިމެނޭ އެ ރަށުގައި މިވަގުތު 15 ގެސްޓު ހައުސް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ރަމަޟާން މަހަށް ޚާއްސަ ކަރަންޓް ބިލް ހަދަން ރީޑިން ނަގަން ފަށަނީ، ސްޓެލްކޯއިން ދޭ ޔަގީންކަމަކީ 400ރ.އަށްވުރެ ބޮޑުނުވާނެކަން

stelco

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

Izaam

ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ސްޓެލްކޯ އިން ރަށްރަށަށް ޖަނެރޭޓަރުތައް ފޮނުވަނީ

Izaam

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

TTH_advertisement