ކުއްލި ޚަބަރު

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

އީރާނަށް އެހީއެއްވާން ޔޫރަޕް ފެންނަ ހިސާބުގައިވެސް ނެތް، އަވަށްޓެރި ގައުމުތައް މާރަނގަޅު: އީރާނު ޚާރިޖީ ވަޒީރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަތައް ދެކެވޭއިރު، ޔޫރަޕްގެ ބައިވެރިން ފެންނާކަށްވެސް ނެތްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވޭ ދެވަނަ ބުރުގެ ވާހަކަތައް ޖެނީވާގައި ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސްގެ ބަހުގެ ހަމަލާތައް އަމާޒުވީ، އީޔޫގެ އިތުރުން، ޚާއްސަކޮށް އީ3 ގައި ހިމެނޭ ފްރާންސް، ޔޫކޭ އަދި ޖަރުމަނީއަށެވެ.

މިއީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ވެވުނު އެއްބަސްވުން ހެދުމަށް މުހިންމު ދައުރެއް އަދާކުރި މައި ތިން ގައުމެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހރު ވެވުނު އެއްބަސްވުމަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލަށް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ލިމިޓްކުރުމުގެ އެއްބަސްވުމެކެވެ.

އެހެން ނަމަވެސް، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް އަލުން ފެށުމަށް ކުރެވުނު މަސައްކަތުގައި އީޔޫ ވެގެން ގޮސްފައިވަނީ ބޭނުމެއް ނުހިފޭ ބޭކާރު ބައެއްގެގޮތުގައި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި ޔޫރަޕް ފެންނަ ހިސާބުގައިވެސް ނެތްކަމަށް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.

އީ3 ގައި ހިމެނޭ ގައުމުތައް އީރާނުގެ ޚާރިޖީ ވަޒީރު ސިފަކުރެއްވީ އެއްވެސް ކަމެއް ނުކުރެވޭ، ހުސްއަތާ ތިބި ބައެއްގެގޮތުގައެވެ.

އައްބާސް އަރަޣްޗީ ވިދާޅުވީ، ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތައް މިދިޔަ އަހަރު އަލުން ފެށިގެން ދިޔައިރު، ވާހަކަތަށް ފެށުމަށް އީރާނަށް އެންމެބޮޑު އެހީތެރިކަމަކާއި، މަދަދެއް ވެދީފައިވަނީ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ. އެގައުމުތައް މާ އިފެކްޓިވް ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު އަލުން ވާހަކަތައް ފެށުމަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރު އަޅަމުންދާ ގައުމުތަކަކީ ގަތަރާއި އުމާނެވެ.

ޖެނީވާގައި ބާއްވާ ދެވަނަ ބުރުގެ ވާހަކަތަކުން ސުލްހަވެރި އެއްބަސްވުމަކާ ހަމައަށް ދެވޭނޭ ކަމަށް އުންމީދު ކުރާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެފައި ވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ވަކި ފަރާތަކަށް ނުޖެހޭ އަދުލުވެރި އެއްބަސްވުމަކަށް އީރާނުންވެސް އުންމީދުކުރާ ކަމަށެވެ.

އީރާނާ އެކު ބާއްވާ ވާހަކަތަކުގައި، ނިއުކްލިއަރ ޕްރޮގްރާމްގެ ބޭރުން އެހެން ނުކުތާތަށް ހިމަނަން އެމެރިކާއިން ބާރުއަޅަމުން ދާއިރު، އީރާނުން ބުނަނީ އެކަމަށް އެއްބަސް ނުވެވޭނޭ ކަމަށެވެ.

އެމެރިކާއިން މަސައްކަތް ކުރަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ މައްސަލަވެސް ވާހަކަތަކުގައި ހިމެނުމަށެވެ. އެއީ، އިސްރާއީލު އެކަމަށް ބޭނުންވެގެންކަން އެންމެނަށްވެސް އެނގެއެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާއިން އިސްރާއީލުގެ އެޖެންޑާ އިސްނުކޮށް، އެމެރިކާގެ އެޖެންޑާއަށް މަސައްކަތް ކޮށްފިނަމަ އީރާނާއެކު ބާއްވާ ވާހަކަތައް ކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް އީރާނުން ހޮރްމޫޒު ކަނޑުއޮޅީގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

ޓްރަމްޕާއި ނަތަންޔާހޫ ދެއްކި ވާހަކަތައް: އީރާނާ ދެކޮޅަށް މެކްސިމަމް ޕްރެޝަރ ޖައްސަން ނިންމި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement