ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް އީރާނުން ހޮރްމޫޒު ކަނޑުއޮޅީގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

ހޮރްމޫޒު ކަނޑުއޮޅި: މިއީ ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު މަގެއް
STO_Ads
TTH_Ads
Advertisement

މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ހޮރްމޫޒު ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

މިކަން އީރާނު ސަރުކާރުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ހޮރްމޫޒު ކަނޑުއޮޅިއަކީ، އީރާނުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކަނޑުއޮޅިއެކެވެ. އަދި މި ކަނޑުއޮޅިއަކީ އެމެރިކާ ސިފައިން އީރާނަށް އަސްކަރީ ހަމަލާ ދޭނަމަ ބޭނުން ކުރަންޖެހޭނެ މުހިންމު ކަނޑުއޮޅިއެއްވެސް މެއެވެ.

MMA_Ads
HajjCop_ads
Advertisement

ހަމަ އެއާއެކު، ހޮރްމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއްވެސް މެއެވެ. ޚާއްސަކޮށް ތެލެވެ. އެހެންވެ، މިއީ ދުނިޔޭގެ އިގްތިސާދާވެސް ގުޅިފައިވާ ކަނޑުއޮޅިއެއް ވެސް މެއެވެ.

އީރާނު ސަރުކާރުގެ ޓީވީން ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅީގައި ވަރަށް ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް މިހާރު ކުރިއަށްދާ ކަމަށާއި، ތަމްރީނުތައް ކުރިއަށްދަނީ އައިއާރްޖީސީގެ ވެރިޔާގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ތަމްރީނުތައް ކުރިއަށް މިދަނީ، އެމެރިކާއިން ގަލްފް ސަރަހައްދަށް ވަރުގަދަ ކަނޑުގެ ބިޔަ ލަޝްކަރެއް ޖަމާކޮށްފައި ވަނިކޮށެވެ.

އީރާނުން ކުރިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ ލަޝްކަރު ފަހުންވަނީ ތަންކޮޅެއް ދުރަށް ގޮސްފައެވެ. އެއީ، އީރާނުން އަސްލު ހަތިޔާރު ބޭނުންކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދާތީ “”އެކްސިޑެންޓެއް” ހިނގާފާނެތީ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ހޮރްމޫޒުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން އައު ތަމްރީނުތަކެއް ފެށިއިރު، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ވާހަކަތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދުވަނީ ޖެނީވާއަށް ވަޑައިގެންފައެވެ.

މިއީ، އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ދެވަނަ ބުރުގެ ވާހަކަތަކެވެ.

ވާހަކަތަކުގެ ބޭނުމެއް ކަމަށް ބުނަނީ، އަސްކަރީ ކުރިމަރިލުމަކަށް ނުގޮސް މަސްރަހް ފިނިކޮށް އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވީ، ވާހަކަތަކުން އީރާނަށް އަދުލުވެރި އެއްބަސްވުމެއް ލިބޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމެރިކާގެ ބައެއް ޑިމާންޑްތަކަށް އީރާނުން ދޫދިން ނަމަވެސް، ބައެއް ކަންކަން ގެންދަނީ ހިފަހައްޓަމުންނެވެ.

އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ފެށިގެންދަނީ ސަރަހައްދީ ހަނގުރާމައެއް ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ.

އީރާނުގެ އެއްގަމާއި، ކަނޑާއި އަދި ވައިގެ ސިފައިން ބުނަނީ އެމީހުން ތިބީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އައިއާރްޖީސީން ގެންދަނީ އެމެރިކާއިން ފަށާ ހަނގުރާމަ ނިންމާނީ އެމީހުން ކަމަށާއި، އެމެރިކާ ބަލިކުރާނޭ ކަމަށްވެސް ވައުދުވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް